އުމްރާއަށް ގޮސް ހުރި އިތުރު ދިވެއްސަކު ނިޔާވެއްޖެ

ނިޔާވީ ގދ. ނަޑެއްލާ، މޫނިމާގެ އާއިޝަތު އިބްރާހިމް (އައިސާނިކެއްތަ) އެވެ.

ނިޔާވި މީހާ

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ. 

އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވީ ގދ. ނަޑެއްލާ، މޫނިމާގެ އާއިޝަތު އިބްރާހިމް (އައިސާނިކެއްތަ) އެވެ. އޭނާ ނިޔާވީ ފަރުވާ ދެނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

އައިސާނިކެއްތަ އުމްރާއަށް ދިޔައީ ރައުލާ އުމްރާ ގުރޫޕާ އެކު އެވެ. އެ ގުރޫޕުން ބުނީ ދެ ފަހަރު އުމްރާގެ އަދާކުރި ފަހުން އައިސާނިކެއްތަ އަަށް ސްޓްރޯކެއް ޖެހުނު ކަމަށެވެ. އަދި ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ތިން ދުވަހެއް ފަހުން ކަމަށެވެ.

މިއީ މި ރޯދާގައި އުމްރާގެ އަޅުކަމަށް ދިޔަ ދިވެހީންގެ ތެރެއިން ނިޔާވި ދެވަނަ މީހާ އެވެ.

މީގެ 13 ދުވަސް ކުރީން ހއ. ދިއްދުއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ އިބްރާހިމް ރަޝީދު ވެސް ވަނީ ސައުދީގައި ނިޔާވެފައެވެ.

އޭނާ އުމްރާގެ އަޅުކަމަށް ގޮސް ހުރީ ޒަމްޒަމް ގުރޫޕްގެ ހަވާލު ގައެވެ. އެ ގުރޫޕުން ބުނީ އިބްރާހިމް ރަޝީދު ނިޔާވީ މައްކާގެ ނޫރު ހޮސްޕިޓަލް ގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މި އަހަރު ވެސް ރޯދަ މަހާ ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ދިވެހީން ވަނީ އުމްރާގެ އަޅުކަމަށް ސައުދީ އަށް ގޮސްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.