ވިއްސާރަކުރާތީ ބޮޑު ބަޔަކަށް މޫސުމީ އިންޒާރު

މެޓުން އާންމު ކުރި މައުލޫމާތުން ފެންނަ ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ކ. ގާފަރު އަދި ގދ. ކާޑެއްދޫ އަށެވެ. ގާފަރަށް 52.9 މީޓަރު ވާރޭ ވެހިފައިވެ އެވެ. ކާޑެއްދޫއަށް 49.4 މީޓަރު ވާރޭ ވެހިފައިވެ އެވެ.

މޫސުން ގޯސްވެފައި އޮތުމުން އެކަމަށް އެންމެން ސަމާލުވާން ވަނީ އެދިފައި --

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން މިއަދު މޫސުމީ އިންޒާރު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. މި 12 އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިއްޔެ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކޮށްފައިވެ އެވެ. މެޓުން އާންމު ކުރި މައުލޫމާތުން ފެންނަ ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ކ. ގާފަރު އަދި ގދ. ކާޑެއްދޫ އަށެވެ. ގާފަރަށް 52.9 މީޓަރު ވާރޭ ވެހިފައިވެ އެވެ. ކާޑެއްދޫއަށް 49.4 މީޓަރު ވާރޭ ވެހިފައިވެ އެވެ.

މެޓް އޮފީހުން މިއަދު ހިއްސާކޮށްފައިވާ ސެޓެލައިޓް ފޮޓޯއިން ފެންނަ ގޮތުގައި ބޮޑު ސަރަހައްދެއްގައި ވިއްސާރަ ވިލާ ފެނެ އެވެ. މެޓުން މިއަދުގެ މޫސުން ލަފާކޮށް، އެކި ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް ކަނޑު މަޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އޭގެ ސަބަބަކީ ވައި މަޑުވުމެވެ. މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ.

މޫސުން ގޯސްވެފައި މިވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވަނިކޮށެވެ. އެގޮތުން ބައެއް ހިސާބުތަކުގައި 44 ޑިގްރީއަށް ވުރެ މައްޗަށް ހޫނުމިން ގޮސްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.