ނާޒިމްގެ ކެމްޕެއިނަށް ރައީސް ވަޑައިގަންނަވަނީ

ކޮންގްރެސް ޕާޓީއާ އެމްއެންޕީން ބުނީ އަންގާރަ ދުވަހުގެ ރޭ އޮންނަ ނާޒިމްގެ ކެމްޕެއިން ހަރަކާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މުއިއްޒުގެ އަރިހުގައި ދަނގެތީ ދާއިރާގެ މެންބަރު / އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ކެމްޕެއިން ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ނާޒިމްގެ އެމްއެންޕީ އަކީ މި ސަރުކާރުގެ ބައިވެރިއެކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާޒިމް ވާދަ ކުރެއްވުމަށް ފަހު ދެވަނަ ބުރުގައި ނާޒިމް ވަނީ ރައީސް މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ގައި ރައީސް އަރިހުގައި ވަރަށް ގިނަ މަސައްކަތް ނާޒިމް ކުރެއްވި އެވެ.

ރައީސް މުއިއްޒު، ރައީސްކަން ކުރައްވާ ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސް އިން ނިންމާފައި ވަނީ ނާޒިމް، މި ފަހަރު ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާއަށް އެ ޕާޓީން ކެންޑިޑޭޓަކު ނުނެރުމަށެވެ. އަދި ނާޒިމަށް ތާއީދު ކުރުމަށެވެ. ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާ އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަދި ދ. މީދޫ ދާއިރާ އިން އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދަށް ތާއީދު ކުރުމަށް ވެސް ނިންމި އެވެ.

ކޮންގްރެސް ޕާޓީއާ އެމްއެންޕީން ބުނީ އަންގާރަ ދުވަހުގެ ރޭ އޮންނަ ނާޒިމްގެ ކެމްޕެއިން ހަރަކާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ އެެހެން ޕާޓީއެއްގެ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތެއް ގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ކޮންގްރެސް އިން ވަނީ ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާ ފިޔަވާ މާލެ ސިޓީގެ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފައެވެ. ނަމަވެސް ދެ ދާއިރާއަކަށް ކޮންގްރެސްގެ ޓިކެޓް ދިން ދެ ކެންޑިޑޭޓެއްގެ ބަދަލުގައި ރައީސް ތާއީދު ދެއްވާފައި ވަނީ ޕްރައިމަރީން ބަލިވުމުން އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަ ކުރާ ދެ ކެންޑިޑޭޓަކަށެވެ. އެއީ މައްޗަށްގޮޅީ މެދު ދާއިރާ އާއި ގަލޮޅު ދެކުނު ދާއިރާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.