ޓޫރިޒަމަށް ހެޔޮ ބަދަލެއް | ބޮޑު ލާރި ހޭދަކުރާ މީހުން ގިނަ

އޭޝިއާގެ މާކެޓު ތަކަކީ މަދުން ރާއްޖޭގައި މަދުކުރާ ހަރަދު ކުރުން މާކެޓެކެވެ. އެކަމަކު ޔޫރަޕު މީހުން ގިނަ ދުވަހު ރާއްޖޭގައި މަޑުކޮށް ހަަރަދު ކުރުން ވެސް ގިނަ އެވެ.

ތޮއްޑޫގައި ތިބި ޔޫރަޕުގެ ޓޫރިސްޓުންތަކެއް: ޔޫރަޕު މީހުންގެ ހަރަދު ކުރުން އިތުރު

މިދިޔަ ދެ އަހަރު ޓޫރިޒަމްގެ ބޯ އިތުރުވި ނަމަވެސް ޓޫރިސްޓުން ރާއްޖޭގައި މަޑުކޮށްފައި ވަނީ އެވްރެޖުކޮށް މަދު ދުވަހަކު އެވެ. އެހެންވި ސަބަބަކީ އިންޑިއާ ޓޫރިސްޓުން ގިނަ ވުމެވެ. އެމީހުން އެވްރެޖުކޮށް ދެ ދުވަހު ރާއްޖޭގައި ތިބޭއިރު ހަރަދު ކުރުން ވެސް ނިސްބަތުން މަދެވެ. އާއްމުކޮށް ޓޫރިޒަމްގެ "ހުސްގޮޅި" ފުރާ މި މާކެޓަކީ ރާއްޖޭގައި މަދުން މަޑުކުރާ އަދި ޔޫރަޕާ ބަލާއިރު ހަރަދު ކުރުން ވެސް މަދު ބައެކެވެ. 

އެކަމަކު މިހާރު ޓޫރިޒަމުން ފެންނަމުން ދަނީ މުޅިން އެހެން ގޮތަކަށް ޓޫރިޒަމްގެ ކުޅިބައި އެތުރެމުންދާ މަންޒަރެވެ. މިހާރު ފެންނަނީ ބޮޑު ލާރި ހަރަދު ކުރާ މީހުން ގިނަވަމުންދާ ތަނެވެ. މި އަހަރުގެ މިދިޔަ ދެ މަސް ދުވަހަށް ބަލާއިރު ރާއްޖެއަށް ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ދައްކަ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޔޫރަޕުން 236,916 ޓޫރިސްޓުން   މި އަހަރު މި އަދަދު ވަނީ 260,659 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ. މިއީ އެހެން އަހަރުތަކާ ބަލާއިރު މި މާކެޓުން ބޮޑު އިތުރުވުމެކެވެ. 

މުޅި ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު މި ވަރަށް އިތުރުވުމެއް އައިސްފައިވާއިރު، ޔޫރަޕުގެ އެކި ސަރަހައްދުތަކުން އައި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. 

ޔޫރަޕުގެ ބައްރުތަކުން މީހުން އައި އަދަދު

  •  އުތުރު ޔޫރަޕުން - 46,700 (8.8 ޕަސެންޓުގެ އިތުރުވުމެއް )
  •  ދެކުނު ޔޫރަޕުން - 53,174 (18.0 ޕަސެންޓުގެ ކުރިއެރުމެއް )
  •  ހުޅަނދު ޔޫރަޕުން - 63,814 (10.5 ޕަސެންޓުގެ ކުރިއެރުމެއް )
  •  އިރުމަތީ މެޑިޓެރޭނިއަމް ޔޫރަޕް - 3,250 (33 ޕަސެންޓް ދަށް)

ޔޫރަޕުގެ އެކި ސަރަހައްދުތަކުން މި އަހަރުގެ ޖެނުއަރީން ފެބްރުއަރީ މަހަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ހުޅަނދު ޔޫރަޕުންނެވެ. އެ ސަރަހައްދުން 63,814 މީހުން އައިސްފައިވެ އެވެ. ހުޅަނދު ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު ހުރީ 57,730 ގަ އެވެ. 

ޔޫރަޕުގެ އާ މާކެޓަކީ ޕޮލެންޑް

ޓޫރިޒަމް ތަފާސް ހިސާބު ތަކުން މިހާރު ބުނެދެނީ އެންމެ ޕޮޓެންޝަލް ހުރި އެއް މާކެޓެއްގެ ގޮތުގައި އޮތީ ޕޮލެންޑް ކަމެވެ. މެދުތެރޭ ޔޫރަޕުގެ 38 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕިލެންޑުން މި އަހަރުގެ ފުރަތަމަ ދެ ދުވަހު 10,301 މީހުން އައިސްފައިވެ އެވެ. މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައިވެސް ހިމެނޭ ޕޮލެންޑުން މިދިޔަ އަހަރު އައިސްފައިވަނީ 6,665 މީހުންނެވެ. އެހެންވެ މިއީ 10 ޕަސެންޓުގެ އިތުރުވުމެކެވެ. 

ޔޫރަޕުން އެންމެ ވަރުގަދަ މާކެޓުތައް

  •  ރަޝިއާ - 63,272 ޓޫރިސްޓުން
  •  ޔޫކޭ - 61,394 މީހުން
  •  އިޓަލީ - 58,613 މީހުން
  •  ޖަރުމަނު ވިލާތް - 48,581 މީހުން

މި ވަގުތު ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތީ މިދިޔަ ތިން އަހަރުވެސް އެއްވަނަ ދެވަނާގައި އޮތް ރަޝިއާ އެވެ. މިވަގުތު ޗައިނާ އިތުރުވިނަމަވެސް ރަޝިއާއިން އަންނަ މީހުންގެ އަދަދު ބޮޑުތަން އިތުރުވަމުންދާ ކަމަށް ދައްކަ އެވެ. ރަޝިއާއިން މި އަހަރުގެ މިހާތަނަށް 63,272 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ޔޫރަޕް އިތުރުވާނަމަ އާމްދަނީ މަތިވާނެ

އޭޝިއާގެ މާކެޓުތަކުން އަންނަ މީހުން އާއްމުކޮށް ރާއްޖޭގައި ދެ ދުވަސް މަޑުކުރި ނަމަވެސް ޔޫރަޕު މިހުން ހަފުތާއަކު މަޑުކުރެ އެވެ. މިއީ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ސަބަބެކެވެ. މިކަން ޖެނުއަރީ މަހަށް އެކަނި ބެލި ނަމަވެސް އެނގެ އެވެ. އިންޑިއާ މާކެޓު ދަށްވި ނަމަވެސް ޓޫރިޒަމަށް ޔޫރަޕު މާކެޓުން ވަނީ ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފަ އެވެ. އާއްމުކޮށް މި ދުވަސް ވަރަކީ އެހެން އަހަރުތަކުގައިވެސް އިންޑިއާ މާކެޓު ދަށް ދުވަސް ވަރެކެވެ. އެ މާކެޓު ޕިކް ކުރަން ފަށާނީ އޮފް ސީޒަންގައި އަގުތައް ވައްޓާލުމުންނެވެ. 

ޔޫރަޕު އިތުރުވުމާއެކު  މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ޓޫރިޒަމަށް ލިބުނީ 425.90 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 589.32 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ 38 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.