ހުޅުމާލޭގައި ދެ ސައިކަލު ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކު ތިބިތޯ ބަލަން ފުލުހުން އިއުލާނެއް ވަނީ ކޮށްފައެވެ.
ހުޅުމާލޭގައި ދެ ސައިކަލު ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކު ތިބިތޯ ބަލަން ފުލުހުން އިއުލާނެއް ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:54 އެހައިކަންހާއިރު ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
"ވީމާ ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާނު ގައި ވެ އެވެ.