އެކްސިޑެންޓް ހިނގި ވަގުތު ސަައިކަލް ތިބި ދެ މީހުން މަޑުނުކޮށް ވަނީ ފިލާފައެވެ.
މަގު ކުނިކަހާ މީހެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ފިލި ބަޔަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓަށް ފުލުހަށް ލިބުނީ ރޭ 11.17 ހާއިރު ކަމަށް ވެސް ބުންޏެވެ.
މި އެކްސިޑެންޓް ގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުން ކަމަށާ އެއީ 48 އަހަރުގެ ދިވެހި އަންހެނެކެވެ.
އެކްސިޑެންޓް ހިނގި ވަގުތު ސަައިކަލް ތިބި ދެ މީހުން މަޑުނުކޮށް ވަނީ ފިލާފައެވެ. ފުލުހުން ބުނީ އެ ސަައިކަލާައެކު އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.