މި އަހަރު ފްލެޓް އެޅުމުގެ މަޝްރޫއުތައް ފަށާނަން: ރައީސް

ރައީސް ވިދާޅުވީ ހުޅުމާލެއާ ގުޅިފަޅާ ގިރާވަޅުފަޅު ގައި ވެސް ފްލެޓް މަަޝްރޫއުތައް ހިންގަވާނެ ކަމަށެވެ. މި އަހަރު އެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މި އަހަރުތެރޭ ފްލެޓް އެޅުމުގެ މަޝްރޫއުތައް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހިޔާ ފްލެޓް ލިބޭނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ލިޔުން ދިން މީހުންގެ ތެރެއިން ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ފްލެޓް ނުދީ އަތުލި މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ރޭވިފައިވާ ގޮތާ ގުޅޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރައްޔިތުންނަށް އިންސާފު ހޯދައިދީ ފްލެޓް ކަށަވަރު ކޮށް ދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި ޔަގީންކަން ދެއްވީ އެމަނިކުފާނުގެ ސަރުކާރުން ހިންގާ ފުރަތަމަ ހައުސިން މަޝްރޫއުން އެ އެންމެނަށް ފްލެޓް ކަށަވަރު ކޮށް ދެއްވާނެ ކަމެވެ.

"މި އަހަރުތެރޭ އިރާދަކުރެއްވިއްޔާ އަަޅުގަނޑުމެން އާ މަޝްރޫއުތައް ފަށާ ގޮތަށް މި އޮތީ،"

ރައީސް ވިދާޅުވީ ހުޅުމާލެއާ ގުޅިފަޅާ ގިރާވަޅުފަޅު ގައި ވެސް ފްލެޓް މަަޝްރޫއުތައް ހިންގަވާނެ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު އަކީ ހިޔާ ފްލެޓް މަޝްރޫއު އެވެ. ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި 7،000 ވުރެ ގިނަ ފްލެޓް އިމާރާތް ކުރި އެވެ. އެއީ 25 ބުރީގެ 16 ޓަވަރު ގައެވެ. މިއީ މިފަދަ ބިޔަ / އެހާ އުސްކޮށް އިމާރާތެއް ކޮށް ހިންގި މިފަދަ ފުރަތަމަ މަޝްރޫއު ވެސް މެ އެވެ. ރައީސް ޔާމީންގެ ސަރުކާރު ގައި އެ މަޝްރޫއު ހިންގެވިއިރު ހައުސިން މިނިސްޓްރީ ހިންގެވީ ރައީސް މުއިއްޒެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.