ގައުމީ އެއާލައިން ހުވަދޫ ކަނެކްޝަން | ދެކުނުގެ ޓޫރިޒަމްގެ އަށް އަހަރުގެ އާދޭހެއް

އައްޑޫން ހުވަދޫއަށް ކަންކްޝަން ފްލައިޓް ފަށައިދޭން ސްރީލަންކަން އެދެމުންދާތާ އަށް އަހަރުވެއްޖެ އެވެ. އެކަމަކު މިހާތަނަށް ދެއްކީ ހުސް ވާހަކަ އެވެ. އެންމެފަހުން މިވަނީ ޝެޑިއުލްއަށް ލައި ޓިކެޓު ވިއްކަން ފަށާފަ އެވެ.

މޯލްޑިވިއަން: ބޮޑު ދެ ބޯޓު ގެންނަން އެހީތެރިވާން ސަރުކާރުން ވަނީ ނިންމާފަ

ގައުމީ އެއާލައިންއިން އައްޑޫން ހުވަދޫއަށް ކަނެކްޝަން ފްލައިޓު އަޅައިދޭން އެދެމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު މި ވޭތުވެދިޔަ އަށް އަހަރު "ތަފާތު ބަހަނާ" ތަކާއެކު އެކަން ވާގޮތެއް ނުވި އެވެ. މިދިޔަ ސަރުކާރުން ވެސް އެކަންވާނެ ކަމަށް "ފޮނި ކެނޑި" އެވެ. އެކަމަކު ދައުރު ނިންމީ އެކަން ބިލާހެއްގެ ގޮތުގައި އޮވެ އެވެ. ނަމަވެސް އަށް އަހަރު ފަހުން މޯލްޑިވިއަން އިން މިހާރު ވަނީ ހުވަދޫ-އައްޑޫ ކަނެކްޝަން ރަސްމީކޮށް، އެ އެއާލައިންގެ ޝެޑިއުލްގައި ހިމަނާފަ އެވެ. 

"އަޅުގަނޑުމެން މިކަމަށް އެދެމުންދާތާ އަށް އަހަރު ވެއްޖެ. މިހާތަނަށް ހުސް ވާހަކަ ދެއްކީ. އެކަމަކު އެންމެފަހުން މިވަނީ ޝެއުލްގައި ހިމަނާފަ. މިހާރު ދުވާލާ ރިސޯޓުތަކަށް ވެސް ޓިކެޓު ލިބޭނެ. މިއީ ބޮޑު ކުރިއެރުމެއް،" ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އިނަ މޯލްޑިވްސްގެ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ. 

ދެކުނުގައި އެއާކާގޯ ވިޔަފާރި ފުޅާވެގެންދާނެ

މޯލްޑިވިއަންއިން މިހާރު ވަނީ އެ ކުންފުނީގެ ފުޅާ ޑޮމެސްޓިކް ނެޓްވޯކުގެ ތެރޭގައި ހުވަދޫ-އައްޑޫ ކަނެކްޝަން ހިމަނާފަ އެވެ. 
މިއީ ގއ. އަދި ގދ.ގެ  2،100 އަށް ވުރެ ގިނަ ރިސޯޓާއި ގެސްޓް ހައުސް އެނދު ފުރަން ލިބޭނެ ފުރުސަތަކަށްވާނެ އެވެ.

ގައުމީ އެއާލައިންގެ މި އާ ރޫޓުގެ ސަބަބުން ދެކުނު ޒޯންގެ ލޯކަލް ވިޔަފާރިތަކަށް އިމްޕޯޓް / އެކްސްޕޯޓް ވިޔަފާރިއަށް އިތުރަށް އެހީތެރިވެދެވޭނެ އެވެ. 

ގައުމީ އެއާލައިން އިން ވަނީ މި ސެކްޓަރުގެ ހުވަދޫ އައްޑޫ ކަނެކްޝަން ފްލައިޓުގެ ޓިކެޓު އިއްޔެއިން ފެށިގެން ނެގޭ ގޮތަށް ހަމަޖައްސާފަ އެވެ. އަދި އަންނަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ހުވަދޫ- އައްޑޫ އަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މިހާރު މޯލްޑިވިއަން ޝެޑިއުލް ވާ ގޮތުން ބޭރުން އަންނަ އެއާލައިން ހުވަދޫ ކަނެކްޝަން ފްލައިޓަށް 4 ގަޑިއިރު ޓްރާންސިޓެއް މަޑު ކުރަން ޖެހެ އެވެ. 

ސްރީލަންކަން އެއާލައިނެއް އައްޑޫގައި -- ސްރީލަންކަން

ފިރާގު ވިދާޅުވި ގޮތުގައި ޓްރާންސިޓް ވަގުތު ދަތުރު ފެށުމަށްފަހު ކުޑަ ކުރެވޭނެ ކަމަށާ އަނެއް ގޮތަކީ އައްޑޫގައި އިތުރު އެކްސްކާޝަނެއް ހެދުމެވެ. 

"މިހާރު ދުރާލާ ސިސްޓަމުން ޓިކެޓު ލިބުނީމަ ގިނަ ކަންކަން ކުރެވޭ ގޮތަށް މިއޮތީ. ދެންހުރި ކަންކަން ވެސް ހައްލު ކުރެވޭނެ،" ފިރާގު ވިދާޅުވި އެވެ. 

މިއީ އައްޑޫ ޓޫރިޒަމަށް ބޮޑު ދުވަހަކަށްވާނެ

ދެކުނުގެ ޓޫރިޒަމް ހާއްސަކޮށް އައްޑޫގެ ޓޫރިޒަމާއި އައްޑޫ އެއާޕޯޓް ކުރިއަށް ނުދާ މައިގަނޑު ސަބަބަކީ އައްޑޫގައި ޓޫރިޒަމް އެނދު ނެތުމެވެ، އެހެންވެ އެކި ވެރިކަމުގައި އެ ސަރަހައްދުގައި އެނދު ހަދަން ވައުދުވި އެވެ. އެނދުގެ އަދަދު 6000 އިން 8،000 ހަަދައިދޭނެ ކަމަށް ވައުދުވަމުން ދިޔަ އެވެ. އަދި ކުރީގެ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ 2022 ވަނަ އަހަރު ދެން އައްޑު އަށް ލިބޭނީ ޕައުންޑް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ފަސް އަހަރެއް ނިމިގެން ދިޔައިރު ޓޫރިސްޓު އެނދެއް ވެސް ނުހެދުނެވެ. 

އައްޑޫ އަށް ޓޫރިސްޓުން އިތުރުނުވާ އެއް ސަބަބަކީ އެނދު ނެތުމެވެ. މިހާރު މޯލްޑިވިއަން އިން ދިން ކަނެކްޝަންއާއެކު އެކަން ހައްލު ވެގެންދިއުމުގެ އުންމީދު އުންމީދު އެބައޮތެވެ. ސްރީލަންކަން އެއާލައިންއަށް ބަލާނަމަ އެ އެއާލައިންއަކީ ދުނިޔޭގެ އެންމެ ބޮޑު ކަނެކްޓިން އެއް އެއާލައިން އެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ ބޯޓުތައް މި ފުރުސަތާއެކު ގަމަށް ޖައްސަން މަގު ފަހިވާނެ އެވެ. މިހާރު ހުވަދޫ އައްޑޫގެ އެނދުތައް އެއްކޮށްލައިގެން ޗާޓަރު ފްލައިޓު އެޅުމުގެ މަގުވެސް ފަހި ވެގެންދާނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.