އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

އެޗްޑީސީން މިރޭ ބުނީ ‏ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ފިތުރު އީދުގެ މުނާސަބަތު ގައި އީދުގެ ރޫހު ދައްކުވައިދޭ ފަދަ ބޮޮކިތަކުން ހުޅުމާލެ ޒީނަތްތެެރި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް ވަނީ ފަށާފައި

އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

އެޗްޑީސީން މިރޭ ބުނީ ‏ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ފިތުރު އީދުގެ މުނާސަބަތު ގައި އީދުގެ ރޫހު ދައްކުވައިދޭ ފަދަ ބޮޮކިތަކުން ހުޅުމާލެ ޒީނަތްތެެރި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އީދުގައި ރާއްޖޭގެ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްރަށުގައި ގިޑިގެ ތަކާއި ކުލަބޮކިތަކުން ޒީނަތްތެރިކޮށް ދިއްލާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް ވަނީ ފަށާފައި

ރައީސް މުއިއްޒު، މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު، މިދިޔަ އަހަރުގެ ބޮޑު އީދުގައި ވަނީ މާލެއާއި ވިލިމާލެ އެގޮތަށް ދިއްލާލާފަ އެވެ. އިނގިރޭސިންނާއި އަރަބި ބަހުން އީދު މުބާރަކް ޖަހާފައި ހުރި ގިޑިގެ ތަކާއި ރީތި ޑިޒައިންތައް ހުރި 22 ގިޑިގެ އާއެކު 2224 ބޮކި ވަނީ މާލެ އާއި ވިލިމާލޭގައި ހަރުކޮށްފަ އެވެ. އީދުގެ އުފާ ނިމުމުން ވެސް އިތުރު ހަފްތާއަކަށް އެތަކެތި ނުނަގާ މަގުމަތީގައި ބަހައްޓާފަ އެވެ. 

މި އަހަރުގެ ކުޑަ އީދު މާލެ ސިޓީ ގައި ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ބުނެފައެވެ. މި އަހަރުގެ އީދު ފާހަގަ ކުރާނީ "މަގޭ އީދު" ނަމުގައެވެ. އެ ހަރަކާތްތައް ހިންގާނީ ސާދަ އެންޓަޓައިމަންޓްއާ ގުޅިގެންނެވެ.

ކުޑަ އީދުގެ ފުރަތަމަ ހަރަކާތަކީ ކުލަ ޖެހުމުގެ ހަރަކާތެކެެވެ. އެ ހަރަކާތް އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:30 ގައި ރަސްފަންނު ގައެވެ. މީގެ އިތުރުން ހަވީރު މާލި ޕެރޭޑެއް އޮންނާނެ އެވެ. ބޮޑު މަސް ދުއްވުމުގެ ހަރަކާތް ވެސް އީދު ދުވަހުގެ ހަވީރު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މާލެ ސިޓީގެ މައި މަގު -- މަޖީދީމަގުގައި އެ ހަރަކާތްތައް ފެށޭނީ ހަވީރު 4:00 ގައެވެ.

އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް ވަނީ ފަށާފައި
އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް ވަނީ ފަށާފައި

ކައުންސިލުން ބުނި ގޮތުގައި އީދަށް ހާއްސަ ޝޯ އެއްވެސް ބާއްވަން ވަނީ ނިންމާފައެވެ. އީދު ދުވަހުގެ ރޭ އެ ޝޯ އޮންނާނީ އާޓިފިޝަލް ބީޗު ގައެވެ. މީގެ އިތުރުން ހަވާ އެރުވުމުން ވެސް އޮންނާނެ އެވެ.

ކުޑަ އީދަށް މާލެ ސިޓީ ކުލަ ބޮކިތަކާއި ޝިއާރުތަކުން ދިއްލާލަން ވެސް ވަނީ ނިންމާފައެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ. މިހާރު ވެސް އެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.