އައިމަން ފަހަތަށް ޖެހި ބޭބަށް ތާއީދު ކުރަން ނިންމައިފި

އައިމަން ވިދާޅުވީ ސަރުކާރަށް ގޮނޑި ކަށަވަރު ކުރުމަށް އިންތިހާބު ގައި ފަހަތަށް ޖެހި ފަރުހަތަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

އައިމަން މުހައްމަދު އާއި އޭނާގެ ބޭބެ ފަރުހަތު މުހައްމަދު: އައިމަން ވަނީ އޭނާގެ ތާއީދު ފަރުހަތަށް އޮތްކަން ހާމަކޮށް ފަހަތަށް ޖެހިފައި

ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އައިމަން މުހައްމަދު ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއީދު ކުރަން ނިންމައިފި އެވެ.

އައިމަންއާ ފަރުހަތަކީ އެއްބަނޑު އެއްބަފާ ދެ މީހުންނެވެ. ޕީއެންސީގެ ޓިކެޓް ހޯދުމަށް ދެ މީހުން ވެސް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރި އެވެ. އައިމަން ބަލިވީ ހަތް ވޯޓުންނެވެ.

ނަމަވެސް އައިމަން ނިންމީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރާށެވެ. ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުން އައިމަން އަށް ތާއީދު ވެސް ކުރި އެވެ. މިނިސްޓަރުން ވެސް އައިމަންގެ ކެމްޕެއިނަށް ވަޑައިގަތެވެ.

ކުޅުދުއްފުށި ސިޓީގައި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އައިމަން، އިންތިހާބު ގައި ފަހަތަށް ޖެހޭކަން ހާމަ ކޮށްފައި ވަނީ ދެ ކެންޑިޑޭޓުން ވާދަކޮށް އެއްވެސް ދާއިރާއެއްގެ ގޮނޑި ގެއްލެން ފުރުސަތު ނުދިނުމަށް ޕީއެންސީގެ ރައީސް އަދި ކޯލިޝަން ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވުމުންނެވެ. އައިމަން ވިދާޅުވީ ސަރުކާރަށް ގޮނޑި ކަށަވަރު ކުރުމަށް އިންތިހާބު ގައި ފަހަތަށް ޖެހި ފަރުހަތަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ދާއިރާއަށް ދެން ވާދަކުރަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަލީ ވަހީދު ވާދަ ކުރަނީ އެމްޑީޕީގެ ޓިކެޓް ގައެވެ. ކުރީން ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ނެގި ބައެއް ބަޔާންތައް ލީކުވެ އަލީގެ ކެމްޕެއިނަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.