ހުޅުމާލެ ފޭސް ތިނެއް ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް، 15 ހެކްޓަރު ހިއްކައިފި

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިންހި އްކުމުގެ މަސައްކަތް ހިނގަނީ

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިންހި އްކުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީން މިރޭ ބުނި ގޮތުގައި ތިންވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. އަދި މި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ބާރު ދުވެލީ ގައި ކުރިއަށް އެބަ ދެ އެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިންހި އްކުމުގެ މަސައްކަތް ހިނގަނީ

މި ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައިގޮތު ގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. އަދި ދެވަނަ ބައިގެ ވެސް ފަސް ހެކްޓަރު ބިން ވަނީ ހިއްކާފަ އެވެ.

މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތެވެ. އެގޮތުން މި ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރުގެ ބިމެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިންހި އްކުމުގެ މަސައްކަތް ހިނގަނީ

އެޗްޑީސީން ވަނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތި ވާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގައި ދިނުމަށް އެދިފައެވެ. މި ސަރަހައްދުން ނަގާ އުޅަނދުތައް މި ސަރަހައްދުން ބޭރު ގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް ފަހިކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.