މިދިޔަ އަހަރު ރިސޯޓުތަކުގެ އާމްދަނީ ދަށް، ސަރުކާރަށް ދިން ފައިސާ ގިނަ

ރިސޯޓު އާމްދަނީ 500 މިލިއަން ޑޮލަރު އުނިގެން ގޮސްފައިވެ އެވެ. ނަމަވެސް ސަރުކާރަށް 1.6 ބިލިއަން ޑޮލަރު ޓެކުހަށް ދައްކާފައިވެ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓް ކަމަށްވާ ވޮލްޑޯފް އެސްޓޯއިޔާ އިތާފުށި ރިސޯޓް -- އިތާފުށި

މިދިޔަ އަހަރު ރާއްޖޭގައި ހިންގާ ރިސޯޓުތަކަށް ލިބުނު އާމްދަނީ ބޮޑު ތަނުން ދައްވެގެން ދިޔަ ނަމަވެސް ސަރުކާރަށް ޓެކުހުގެ ގޮތުގައި ދެއްކި އަދަދު ގިނަ ކަމަށް ދައްކައިފި އެވެ. 

ރިސޯޓް ވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ތައްޔާރުކުރި ޓޫރިޒަމް ރިސޯޓެއްގެ މައްޗަށް ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް އާމްދަނީގެ ގޮތުގައި ރިސޯޓުތަކަށް ލިބިފައިވަނީ 3.9 ބިލިއަން ޑޮލަރެވެ. އެކަމަކު 2022 ވަނަ އަހަރު މި އަދަދު އުޅެނީ 4.4 ބިލިއަން ޑޮލަރުގެ އެވެ. މިއީ މުޅި ޓޫރިޒަމް އާމްދަނީގެ 82 ޕަސެންޓުގެ ހިއްސާއެކެވެ. މި މުއްދަތުގައި ރިސޯޓުތަކަށް ލިބުނު އާމްދަނީން 500 މިލިއަން ޑޮލަރު އުނިވެފަ އެވެ. 

ރިސޯޓް އޮކިއުޕެންސީ 10 ޕަސެންޓް ދަށް

އާމްދަނީ ހީނަރު ވެގެން ދިޔައިރު ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ ބޮޑުތަނުން ދަަށްވެފަ އެވެ. މިދިޔަ އަހަރު އޮކިއުޕެންސީ 66.3 ޕަސެންޓުގަ ހުރިއިރު، އޭގެ ކުރީ އަހަރު އޮކިއުޕެންސީ ހުރީ 71.4 ޕަސެންޓުގަ އެވެ. 

މި ވަރަށް ރިސޯޓްތަކުގެ އާމްދަނީ ދަށްވި ނަމަވެސް ސަރުކާރަށް ބޮޑު އަދަދުން ޓެކްސް ދީފައިވެ އެވެ. މިދިޔަ އަހަރު ސަރުކާރަށް ޓެކުހުގެ ގޮތުގައި ޓޫރިޒަމުން 1.6 ބިލިއަން ރުފިޔާ ދީފައިވެ އެވެ. ނަމަވެސް 2022 ވަނަ އަހަރު މި އަދަދުހުރީ 1.4 ބިލިއަން ރުފިޔާގަ އެވެ. 

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު މުޅި ޓޫރިޒަމަށް ލިބިފައިވަނީ ފަސް ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް 2022 ވަނަ އަހަރު މި އަދަދު ހުރީ 5.4 ބިލިއަން ޑޮލަރުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.