ރާއްޖޭގެ 80،000 އާއިލާއަކަށް ރޯދަ ހަދިޔާ ބަހައިފި

ރޯދަ މަހާ ދިމާކޮށް ސަރުކާރުން ވަނީ ހަނޑޫ ، ހަކުރު އަދި ފުށް 10 ކިލޯގެ ބަސްތާއެއް ކޮންމެ ގޭބިސީއަކަށް ދޫކުރަން ފަށާފަ އެވެ.

ސަރުކާރުން ބަހާ ކާޑުގެ ތިން ބާވަތް -- ފޮޓޯ: ޔާމިން މުޙައްމަދު

މުޅި ރާއްޖޭގެ 80،000 އަށްވުރެ ގިނަ ގޭބިސީއިން މިހާތަނަށް ރޯދަ މަހަށް ސަރުކާރުން ބެހި ހަދިޔާ ގެންގޮސްފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ. 

ރޯދަ މަހާ ދިމާކޮށް ސަރުކާރުން ވަނީ ހަނޑޫ ، ހަކުރު އަދި ފުށް 10 ކިލޯގެ ބަސްތާއެއް ކޮންމެ ގޭބިސީއަކަށް ދޫކުރަން ފަށާފަ އެވެ. މި މަސައްކަތް އިންތިޒާމު ކުރަނީ ރާއްޖެއަށް ކާޑު އެތެރެކުރާ އެސްޓީއޯއިންނެވެ. މިތަކެތި ބެހުމުގެ މަސައްކަތް ކުރަނީ ރަށްރަށުގެ ކައުންސިލް ތަކުންނެވެ. 

އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އެސްޓީއޯއިން 80،000 އަށްވުރެ ގިނަ އާއިލާއަށް މި ތަކެތި ވަނީ ބަހާފަ އެވެ. ރާއްޖޭގައި ޖުމްލަ 99،000 އަށްވުރެ ގިނަ އާއިލާ އުޅޭ ކަމަށް ދައްކަ އެވެ. އެހެންވެ އާބާދީގެ ބޮޑު ބައެއް މި ހަދިޔާ ގެންގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން އެނގެ އެވެ. 

އެސްޓީއޯއިން މިހާރު ވަނީ މި ކާޑު ދޫކުރުން ކާޑު ގުދަނަށް ބަދަލުކޮށްފަ އެވެ. މި ހަދިޔާ ދޫކުރާނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ. ހުކުރު ދުވަހު ދުލެއް ނުކުރާނެ އެވެ. މި ހަދިޔާ ދޫކުރަނީ ހަމައެކަނި ދިވެހިންނަށެވެ. އަދި، ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ އައިޑީކާޑް ނަންބަރު ނޯޓު ކުރުމަށްފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.