އެއާ އެމްބިއުލާންސް | ބޮޑު ލޯޑެއް މަހެއްގެ ތެރޭ 60 ދަތުރު

ބަލި މީހުން އުފުލަން ހާއްސަކޮށް މި ދަތުރުކޮށްދެނީ ގައުމީ އެއާލައިންގެ ދެ އުޅަނދެއްގަ އެވެ. މި ދެ އުޅަނދު ވަނީ މިކަމަށް ހާއްސަކޮށް މޮޑިފައިކޮށްފަ އެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ތައްޔާރު ކުރި ބޯޓް

ރާއްޖޭގައި އަލަށް ވައިގެ މަގުން ބަލި މީހުން އުފުލަން ހާއްސަ އުޅަނދެއްގައި ފެށި އެއާއެމްބިއުލާންސުން މަސް ދުވަހުން ކުރި ދަތުރުގެ އަދަދު 60 އަށް އަރައިފި އެވެ. 

ދައުލަތުގެ މީޑިއާގައިވާ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ގައުމީ އެއާލައިންސްގައި ފެށި އެއާ އެމްބިއުލާންސުގެ ދަތުރުތަކުގައި މަސް ދުވަހުގެ ތެރޭގައި ބަލި މީހުން އުފުލަން 60 ދަތުރުކޮށްފައިވެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ ރާއްޖޭގައި އެއާ އެމްބިއުލާންސުގެ ހިދުމަތް ފެށުމުގެ ގޮތުން ބަލި މީހުން އުފުލުމުގެ ހިދުމަތް ދެނީ ޑޭޝް 8 މަރުކާގެ ބޯޓެއް ބަލި މީހުން އުފުލޭ ގޮތަށް މޮޑިފައިކޮށްގެންނެވެ. މި ބޯޓުން އެއްފަހަރާ ދެ މީހުން އުފުލޭނެ ޖާގަ އޮވެ އެވެ. މީގެ އިތުުރުން އެއާޕޯޓް ނެތް ރަށްރަށުން ބަލި މީހުން ގެންދަނީ ސީޕްލޭންގަ އެވެ. މި ބޯޓުވެސް ވަނީ އެކަމަށް ހާއްސަކޮށް މޮޑިފައިކޮށްފަ އެވެ. 

އެއާ އެމްބިއުލާންސުގެ ހިދުމަތް ދިނުމަށްޓަކައި ހާއްސަ ޕެރެމެޑިކް ޓީމަކާއެކު 15 މީހުން ހަރަކާތްތެރިވެ އެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ވައިގެ މަގުން މާލެއަށް ފަރުވާއަށް މީހުންގެ 98 ޕަސެންޓު އުފުލީ މޯލްޑިވިއަން އެވެ. ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް މިހާތަނަށް ދެމުން ގެންދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންއިނެވެ. ދިވެއްސެއް ބަލިވެގެން ބޭރަށް "އެއާ ލިފްޓް" ކުރަން ޖެހުނަސް އެކަން ކުރީ ގައުމީ އެއާލައިނެވެ. މިކަމުގެ ތެރެއަށް 2012 އިން ފެށިގެން އަވަށްޓެރި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޑޯނިއާއެއް ވަނަސް މި އޮޕަރޭޝަން މިހާރު ވެސް ލީޑު ކުރާ ބަޔަކީ މޯލްޑިވިއަންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.