ފަލަސްތީނަށް އެހީ ފޯރުކޮށްދޭ މީހުނަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

ވޯލްޑް ސެންޓްރަލް ކިޗަންއަށާއި މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ކިޔުމުގެ އިތުރުން ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައި ހިމަނާފައި ވެއެވެ.

ވޯލްޑް ސެންޓްރަލް ކިޗަން ކޮންވޯއީއަށް ހަމަލާދީފައި

ފަލަސްތީނުގައި އިންސާނީ އެހީ ފޯރު ކޮށްދޭން ހަރަކާތްތެރިވަމުން ދިޔަ ވޯލްޑް ސެންޓްރަލް ކިޗަން ކޮންވޯއީއަށް ދިން ހަމަލާއެއްގައި ހަތް މީހަކު މަރާލި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނަނީ އެހީވުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާ އަމާޒު ކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ވަރަށް ބޮޑަށް ހިލާފުވުމެއް ކަމަށެވެ. 

އެކަން ކުރާ މީހުން ޖަވާބުދާރީވާން ޖެހޭ ކަމަށާއި ކޮންފްލިކްޓް ޒޯންތަކުގައި އިންސާނީ އެހީތެރިކަމުގެ މަސައްކަތްތެރިންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ އިތުރުން ގާޒާއަށް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ނިންމާ އެކަމުގެ ފިޔަވަޅު އެޅުމަށް ދިވެހިރާއްޖެއިންގޮވާލާ ކަމަށެވެ.

އަދި ވޯލްޑް ސެންޓްރަލް ކިޗަންއަށާއި މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ކިޔުމުގެ އިތުރުން ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައި ހިމަނާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.