"ހިޔާލުތަފާތުވުމުގެ ތެރެއިން ސަރުކާރަށް ގޮނޑި ގެއްލުނަ ނުދީ"

"އެކަމަކު އެތަނުން އެހެން ބޭފުޅަކު އަޅުގަނޑުމެންގެ ތެރެއިން ނުކުމެވަޑައިގެން މަސައްކަތް ކުރީމަ އަޅުގަނޑުމެންގެ ޒަމާންވީ، އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ގޮނޑިއެއް އެމްޑީޕީއަށް ނޫންތޯ ދާނީ؟" ރައީސްގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ޕާޓީ ތެރޭގެ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ސަރުކާރަށް މަޖިލީސް ގޮނޑިތައް ގެއްލުނަ ނުދޭން ވަނީ އިލްތިމާސްކުރައްވާފައި --

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ސަރުކާރުގެ ކެނޑިޑޭޓުންނާ ހިޔާލު ތަފާތުވުންތައް އުފެދި، ޕާޓީގެ މެމްބަރުން އެހެން ކެނޑިޑޭޓުންނަށް ތާއީދުކުރުމުގެ ސަބަބުން ސަރުކާރަށް ގޮނޑި ގެއްލިދާނެ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

ރޭ ވިލިނގިލި ދާއިރާގެ ސަރުކާރު ކެނޑިޑޭޓް ޔަޒްމީދު މުހައްމަދުގެ މާލޭ ކެމްޕޭނު ޖަގަހަ ހުޅުއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައީސް ވިދާޅުވީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓުން ތިއްބައި، ހިޔާލު ތަފާތުވުންތަކާއި ޒާތީ ތައައްސަބުގެ ސަބަބުން ޕާޓީތެރޭގައި ބައިބައިވުން އުފެދި އެހެން ކެނޑިޑޭޓުންނަށް ބައެއް ދާއިރާތަކުގައި ތާއީދު ކުރަމުންދާ ކަމަށެވެ.

އޭގެ އެއް މިސާލަކީ ވިލިނގިލި ދާއިރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ސަބަބުން އަމިއްލަ އަތުން އެ ގޮނޑި އެ ދޫކޮށްލެވެނީ އެމްޑީޕީއަށް ކަމަށެވެ. ރައީސް ވަނީ ތަކުރާރުކޮށް އެމަނިކުފާނުގެ 100 ޕަސެންޓް ތާއީދު އޮތީ ޔަޒްމީދަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އެކަންކަމުގަ [ތަރައްގީގެ މަޝްރޫއުތަކަށް] އެއްބާރުލުން ނުދޭނެ ކެނޑިޑޭޓަކަށް އަޅުގަނޑުމެންގެ ތެރޭގަ އޮންނަ ހިޔާލުތަފާތުވުމާ ބައިބައިވެގެން ގޮސް އެ ގޮނޑި އަނެއްކާ ވެސް ގެއްލިގެންދާ ގޮތް ނަހައްދަވާ. އަޅުގަނޑަށް ރިޔާސީ އިންތިހާބުގަ ވޯޓް ދެއްވި އެކުވެރިކަން ދައްކަވައިގެން، މިރެއިން ފެށިގެން ހުރިހާ ހިޔާލު ތަފާތުވުން ދޫކޮށްލައްވާފަ، ޒާތީ ތައައްސަބު އެއްކަރިކުރައްވާފަ، ހުރި ކޮންމެ ހިތްހަމަނުޖެހުމެއް އެއްކައިރިކުރައްވާފަ ޕާޓީއަށްޓަކާ، ގައުމަށްޓަކާ އެންމެން އެކަތިގަނޑަކަށް ވެވަޑައިގަންނަވާ،" ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ޕާޓީ ތެރޭގެ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ސަރުކާރަށް މަޖިލީސް ގޮނޑިތައް ގެއްލުނަ ނުދޭން ވަނީ އިލްތިމާސްކުރައްވާފައި --

ވިލިނގިލިފަދަ އެހެން ދާއިރާތަކުގައި ވެސް މިކަން ހިނގާކަމަށް ވިދާޅުވެ ރައީސް ދެން ފާހަގަކުރެއްވީ ނައިފަރު ދާއިރާ އެވެ. އެ ދާއިރާގައި ސަރުކާރުގެ ޓިކެޓުގައި ބޭފުޅަކު ވާދަކުރައްވާއިރު ޕާޓީ ތެރެއިން އަމިއްލަ ގޮތުން ކެނޑިޑޭޓަކު ދަނީ ވާދަކުރައްވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތާއީދު އޮތީ ސަރުކާރު ކެނޑިޑޭޓް ކަމަށްވާ ހައްސާން އަލިފުޅަށް ކަމަށެވެ.

"އެކަމަކު އެތަނުން އެހެން ބޭފުޅަކު އަޅުގަނޑުމެންގެ ތެރެއިން ނުކުމެވަޑައިގެން މަސައްކަތް ކުރީމަ އަޅުގަނޑުމެންގެ ޒަމާންވީ، އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ގޮނޑިއެއް އެމްޑީޕީއަށް ނޫންތޯ ދާނީ؟" ރައީސްގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

ނައިފަރުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވިލިނގިއްޔަށްވުރެ ބޮޑު މެޖޯރިޓީއެއް ލިބުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަބަދުވެސް އެ ދާއިރާގެ ގޮނޑި ލިބެނީ ޕީޕީއެމްއަށް ކަމަށެވެ. އެހެންކަމުން މިފަދަ ހުރިހާ ދާއިރާއެއްގައި ހުރި ހިޔާލުތަފާތުވުންތައް ދޫކޮށްލާ އެންމެން އެކަތިގަނޑަކަށްވާން ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސް ވަނީ ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހު ހިނގާދިޔަ ހުރިހާ ކަމެއް ހަނދާން ނައްތާލާ، ސަރުކާރަށް ގޮނޑި ހޯދައިދޭން ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

ބައެއް ދާއިރާތަކުގައި ސަރުކާރު ކެނޑިޑޭޓް ހުއްޓައި އަމިއްލަ ކެނޑިޑޭޓުން ދަނީ ސަރުކާރު ކެނޑިޑޭޓުގެ ނަމުގައި ވާދަކުރަމުންނެވެ. ރައީސް އަދި ސަރުކާރުގެ އިސްވެރިން ވެސް ވަނީ އެފަދަ ބައެއް ކެނޑިޑޭޓުންގެ ކެމްޕޭނުގައި ބައިވެރިވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.