އެކާވީސް މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ހޯމް ލޭންޑް މިނިސްޓަރު ވިދާޅުވީ ޑްރަގާ ދެކޮޅު އޮޕަރޭޝަންތަކެެއް ފުލުހާއި ކަސްޓަމުން ވަނީ ހިންގާފައިވާއިރު މިދިޔަ 72 ގަޑިއިރުތެރޭ 16.69 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ.

ނައްތާލަން ދޫނިދޫއަށް ޑްރަގް ގެންދަނީ

ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެެއްގައި ގިނަ އަަދަދެއްގެ ޑްރަގް އަތުލައިގެންފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ދެންމެ ވިދާޅުވި ގޮތުގައި ޑްރަގާ ދެކޮޅު އޮޕަރޭޝަންތަކެެއް ފުލުހާއި ކަސްޓަމުން ވަނީ ހިންގާފަ އެވެ. މިދިޔަ 72 ގަޑިއިރު ހިންގި އޮޕަރޭޝަންގައި 16.69 ކިލޯގެ ޑްރަގް ވަނީ އަތުލައިގެންފައެވެ.

އެތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ އޮޕަރޭޝަންތަކުގެ ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ގެންދަނީ ޑްރަގާ ދެކޮޅު އޮޕަރޭޝަންތައް އިތުރުކޮށް ފުޅާ ކުރަމުންނެވެ. އަދިވެސް މާލެއާ އަތޮޅުތެރޭގައި ޑްރަގް ދައުރުވާ އަދަދު ބޮޑުތަނުން މަދުކުރެވިފައެއް ނުވެ އެވެ. މަސްތުގެ ވަބާ ގައި ޖެހޭ މީހުންގެ އަދަދު އިތުރުވެ އެތަކެތި ބޭނުންކޮށްގެން މަގުތަކުގައި އުޅޭ މީހުންވެސް މުޅީން ހުއްޓުވޭ ގޮތެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.