ކުޅިވަރު ކުޅޭނެ ތަންތަން އެޅުމަށް މި އަހަރު ބޮޑު މަޝްރޫއުއެއް

ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަށް ދަނޑުތަކާއި ވޮލީ ކޯޓާއި ހޭންޑްބޯލް ކޯޓްތައް އެޅުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ހިނގާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ސަލާމް ކުރައްވަނީ

ކުޅިވަރު ކުޅޭނެ ތަންތަން އެޅުމަށް މި އަހަރަށް ގިނަ މަސައްކަތްތަކެއް ރާއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ކުރިއަށް ރޭވިފައި އޮތީ ކިހިނެތްތޯ ޒުވާނަަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. "ރައީސްގެ ޖަވާބު" ގައި އެ ޒުވާނާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ކުޅިވަރުގެ ދާއިރާއަށް ވަރަށް އިސްކަން އޮތް ސިޔާސަތެއް ކަމަށެވެ.

ކުޅިވަރަށް ހާއްސަ ވުޒާރާއެއް އުފެއްދެވީ ވެސް އެ ސިޔާސަތު ތަންފީޒު ކުރުމަށް ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ކުޅުންތެރީންނަށް ތަމްރީނާއި ފަރުވާ ފަހިކޮށް ދިނުމަށް ހާއްސަ އިސްކަމެއް ދެއްވާ މަސައްކަތް ކުރައްވާނެ ކަމަށާ މިހާތަނަށް އެ ދާއިރާ އިން ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ބިނާ ކުރުމަކީ ވެވަޑައިގެންފައިވާ ވައުދެއް ކަމަށާ އެ ވައުދާއި އެއްގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަށް ދަނޑުތަކާއި ވޮލީ ކޯޓާއި ހޭންޑްބޯލް ކޯޓްތައް އެޅުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ހިނގާނެ ކަމަށެވެ.

ރައީސް ރޭ ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ފުޓްބޯޅަ ދަނޑުތަކާއި ވޮލީ ކޯޓްތައް ހެދުމުގެ 84 މަޝްރޫއު އޮތީ ހުއްޓިފައެވެ. އޭގެ ގިނަ މަޝްރޫއުތައް އަލުން ފަައްޓަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.