ރޯދަ ހަދިޔާ ދެން ދޫކުރާނީ އެސްޓީއޯ ކާޑު ގުދަނުން

ކާޑު ގުދަނުން ހަދިޔާ ދޫކުރާނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ. ހުކުރު ދުވަހު ދުލެއް ނުކުރާނެ އެވެ.

ހިލޭ ބަހާ ހަނޑޫ އަދި ފުށް ދޫކުރަނީ --

މި ރޯދަމަހު ސަރުކާރުގެ ފަރާތުން ބަހާ ރޯދަ ހަދިޔާ ކަމަށްވާ ހަނޑޫ އަދި ފުށް ނުގެންދާ ފަރާތްތަކަށް އެތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް 10 ކިލޯފުށް އަދި 10 ކިލޯ ބާސްމަތީ ހަނޑޫ ވަނީ ބަހާފަ އެވެ. އެސްޓީއޯ އިން މިއަދު ބުނީ މާލެ ސަރަހައްދުން އެތަކެތި ނުގެންދާ ފަރާތްތަކަށް މިއަދުން ފެށިގެން ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށްވާ، މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.

ކާޑު ގުދަނުން ހަދިޔާ ދޫކުރާނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ. ހުކުރު ދުވަހު ދުލެއް ނުކުރާނެ އެވެ.

މި ހަދިޔާ ދޫކުރަނީ ހަމައެކަނި ދިވެހިންނަށެވެ. އަދި، ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ އައިޑީކާޑް ނަންބަރު ނޯޓު ކުރުމަށްފަހު އެވެ.

ސަރުކާރުން ވަނީ މުޅި ރާއްޖޭއަށް މި ހަދިޔާ ބަހާފަ އެވެ. ރަށްރަށުގައި ހަދިޔާ ދޫކުރަނީ އެރަށްރަށުގެ ކައުންސިލުންނެވެ. މާލެ ސަރަހައްދުގައި ކުރީން ހަދިޔާ ބަހާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.