ފުވައްމުލަކުގައި ރޭ ވެސް އެކްސިޑެންޓެއް، މީހާގެ ހާލު ސީރިއަސް

އެމީހާގެ ހާލު ސީރިއަސް ވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްދަހު މިހާރު މާލެ ގެނެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ފުވައްމުލަކުގައި އެކްސިޑެންޓްވި ތަން

ފުވައްމުލައް ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި މީހަކު އަނެއްކާވެސް މާލެ ގެނެސްފި އެވެ.

ފުލުހުން މިއަދު ބުނީ އެކްސިޑެންޓްވެފައި ވަނީ މާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ކަމަށެވެ. ސައިކަލު ކޮންޓްރޯލް ނައްޓާލައިގެން ގޮސް ޖެހުނީ އެ ސިޓީގެ ދިގުވާޑު ނައިބު ތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގަ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 11:45 ހާއިރު އެވެ. އަނިޔާވީ އުމުރުން 27 އަހަރުގެ މީހަކަށެވެ. 

އެމީހާގެ ހާލު ސީރިއަސް ވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްދަހު މިހާރު މާލެ ގެނެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކްސިޑެންޓްވި މީހާ އޮތީ ވެއްޓުނު ގޮތަށް ހަބަރު ހުސްވެފަ އެވެ. ސައިކަލުގެ ކުރީކޮޅު އެއްކޮށް ހުރީ ފުނޑު ފުނޑު ވެފަ އެވެ.

ރޭ އެކްސިޑެންޓެއް ހިނގާފައިވާއިރު އޭގެ ކުރީ ރޭ ވެސް ވަނީ ހަމަ މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް އެ ސިޓީގައި ހިނގާފަ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި 32 އަހަރުގެ ފިރިހެން މީހާއަށް ވެސް ވަރަށް ބޮޑަށް އަނިޔާވެގެން އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.