އަހަރުގެ މިހާތަނަށް ޗައިނާއިން 67،399 ޓޫރިސްޓުން

ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭ މިދިޔަ އަހަރުގެ ރާއްޖެ އައިސްފައި ވަނީ 523،928 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރުގެ މާޗްމަހު 173،514 ޓޫރިސްޓުން އައިރު މި އަހަރުގެ މާޗުގައި އެކަނި 194،227 ޓޫރިސްޓުން އައިސްފައި ވެ އެވެ.

ރާއްޖޭގެ ޓަޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު -- ފޮޓޯ: މިރާ

އަހަރު ފުރަތަމަ ތިންމަ ދުވަހުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް 67،399 ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ. 

ޓޫރިސްޓް އެރައިވަލްސްގައި ޗައިނާ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން 61،752 ޓޫރިސްޓުން އަހަރުގެ މިހާތަނަށް އައިސްފައި ވެއެވެ. ތިން ވަނައިގައި އިނގިރޭސި ވިލާތުން ވަނީ ރާއްޖެއަށް 58،382 ޓޫރިސްޓުން އައިސްފަ އެވެ. އިޓަލީއިން ރާއްޖެއަށް އައިސްފައިވަނީ 57،569 ޓޫރިސްޓުންނެވެ. 

ކުރިން އެއްވަނައިގައި އޮތް އިންޑިއާއިން 34،855 ޓޫރިސްޓުންނެވެ. އިންޑިއާ އޮތީ ހަ ވަނައިގަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 604،004 ފަތުރުވެރިން އައިސްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ތަކުގައިވާ ގޮތުގައި މިދިއަ މާޗް މަހުގެ ނިޔަލަަށް ޗައިނާއިން ރާއްޖެއަށް 67،399 ޓޫރިސްޓުން އައިސްފައި ވެއެވެ. 

ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭ މިދިޔަ އަހަރުގެ ރާއްޖެ އައިސްފައި ވަނީ 523،928 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރުގެ މާޗްމަހު 173،514 ޓޫރިސްޓުން އައިރު މި އަހަރުގެ މާޗުގައި އެކަނި 194،227 ޓޫރިސްޓުން އައިސްފައި ވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.