ނަމާދަށް ހުރި މީހެއްގެ ފޯނާއި ވޮލެޓް ނެގި ދެ މީހުން 15 ދުވަހަށް ބަންދު

މި މައްސަލައިގައި ބަންދުކޮށްފައި ވަނީ 36 އަހަރުގެ ދެ ފިރިހެނުންނެވެ. އެމީހުން ފޭރުނީ ދަމު ނަމާދަށް ހުރި އަންހެނެކެވެ. އޭނާގެ ފޯނާއި ވޮލެޓުގައި އޮތް 700 ރުފިޔާ މި ދެ މީހުން ވަނީ ވަގަށް ނަގާފަ އެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް: މިސްކިތުން ފޯނަކާއި ފައިސާ ފޭރުނު ދެ މީހަކު ވަނީ ބަންދުކޮށްފައި --

މާލޭގެ އަލިކިލެގެފާނު މަގުގައި ހުންނަ ސަލާހުއްދީން މިސްކިތުގައި ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ފޭރުނު ދެ މީހުން 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ބަންދުކޮށްފައި ވަނީ 36 އަހަރުގެ ދެ ފިރިހެނުންނެވެ. އެމީހުން ފޭރުނީ ދަމު ނަމާދަށް ހުރި އަންހެނެކެވެ. އޭނާގެ ފޯނާއި ވޮލެޓުގައި އޮތް 700 ރުފިޔާ މި ދެ މީހުން ވަނީ ވަގަށް ނަގާފަ އެވެ.

ދެ މީހުން ބަންދު ކުރަން ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައި ވަނީ ދެ މީހުންވެގެން ފޭރުނު ފޯނާއި ފައިސާ ފެނިފައި ވަނީ މި ދެމީހުންގެ އަތުން ކަމަށެވެ.

ފުލުހުން ކޯޓުގައި ބުނެފައި ވަނީ ދެ މީހުން ވެސް އެކި މަހައްލުގައި ފޯނު ނެގި ތަނާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވަނީ އެކި ގޮތް ގޮތަށް ކަމަށެވެ.

އެމީހުން ބަންދުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކަ އެވެ. މިމީހުންނަކީ ހައްޔަރު ރެކޯޑް ގިނަ އަދި މަސްތުވާތަކެއްޗާއި ވައްކަމާ ގުޅުން ހުރި ރެކޯޑް ގިނަ ބައެއް ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ. މި މައްސަލައިގައި އެމީހުންގެ މައްޗަށް ކުރަނީ ވައްކަމުގެ ތުހުމަތެވެ.

މި ރޯދަ މަހު މިސްކިތްތަކުން ވައްކަން ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ހަރު މުދާ ވަގަށް ނަގާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާ ވަގަށް ނަގާ މައްސަލައާއި ފެން މޯޓަރު ވަގަށް ނަގާ މައްސަލަ ފުލުހުން ދަނީ މިހާރު ވެސް ތަހުގީގު ކުރަމުންނެވެ. ބަޔަކު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.