ހުޅުމާލެ ފޭސް3ގެ ސަރަހައްދަކުން އުޅަނދުތައް ނަގަން އަންގައިފި

އެޗްޑީސީ އިން ބުނެފައި ވަނީ އެ ޗާޓުގައި ދައްކާފައިވާ "ސައިޓް ބީ" ގައި އަޅާފައިވާ އުޅަނދުތައް މާދަމާ ރޭ 12:00 ގެ ކުރިން ނަގަން ވާނެ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކަނީ --

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ހިއްކާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ތިން ވަނަ ފިޔަވަހީގެ ގޮތުގައި ހިއްކަމުންގެންދާ ސަރަހައްދުގެ ސައިޓް ބީގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނަގަން ބޭނުންވާ ކަމަށެވެ. އެޗްޑީސީ އިން ވަނީ އުޅަނދުތައް ނަގަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށްދީ ޗާޓެއް ވެސް އާންމު ކޮށްފަ އެވެ.

ހުޅުމާލެ ތިން ވަނަ ފިޔަގަހީގެ ޗާޓް: ސައިޓް ބީ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ވަނީ އަންގާފައި --

އެޗްޑީސީ އިން ބުނެފައި ވަނީ އެ ޗާޓުގައި ދައްކާފައިވާ "ސައިޓް ބީ" ގައި އަޅާފައިވާ އުޅަނދުތައް މާދަމާ ރޭ 12:00 ގެ ކުރިން ނަގަން ވާނެ ކަމަށެވެ.

އެ ކުންފުނިން ވަނީ އެތަނުން އުޅަނދުތައް ނެގުމަށްފަހު އެ ސަރަހައްދުން ބޭރުގައި އުޅަނދުތައް ޕާކު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ. 

"މި މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް މިފުރުސަތުގައި ޝުކުރު ދަންނަވަން،" އެޗްޑީސީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.