ފައްވާރާ މަރާމާތުކޮށް ކުޑަ އީދަށް ހުޅުވަނީ

އެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން އެ މަސައްކަތް ކުރާނީ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

ފައްވާރާ މަރާމާތު ކުރުމުގެ މަސައްކަތް ހިނގަނީ: ކުޑަ އީދު ދުވަހަށް ހުޅުވާނެ

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން -- ފައްވާރާ މަރާމާތުކޮށް ކުރިއަށް އޮތް އީދު ދުވަހަށް ހުޅުވާން ނިންމައިފި އެވެ.

ސަރުކާރުން ވަނީ ފައްވާރާ މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައެވެ. ކުރީން ބެލީ ރޯދައަށް ހުޅުވޭތޯ އެވެ. ނަމަވެސް ވަރަށް ބޮޑު މަރާމާތެއް ކުރަން ޖެހި އަދި ފައްވާރާ ފުރިހަމަކޮށް އެ ތާރީހަށް ހުޅުވޭ ގޮތް ނުވީ އެވެ.

ކައުންސިލްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ފައްވާރާ މަރާމާތުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ބާރަށް އެބަ ހިނގައެވެ. އަދި ކުރިއަށް އޮތް ކުޑަ އީދަށް އަލުން ހުޅުވޭނެ އެވެ. މިއީ ރައީސް މުއިއްޒުގެ އިރުޝާދާ އެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން އެ މަސައްކަތް ކުރާނީ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ މައިދާން ސަރަހައްދު ވަނީ ތަރައްގީ ކޮށްފަ އެވެ. އޭރު އެންމެ ހާއްސަ ބަދަލަށް ގެނައީ ކުރީން ހުރި ފައްވާރާގެ ބަދަލު ގައި ޒަމާނީ ފައްވާރާއެއް ތަރައްގީ ކުރުމެވެ. އެތަން ތަރައްގީ ކުރީ ކުޑަކުދީންނަށް އެތަނުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ގޮތަށެވެ.

ފައްވާރާ އިން ފެންވަރާ ކުޅިވަރު ކުޅެވޭ ގޮތަށެވެ. ކުލަ ބޮކިތަކުން ދިއްލާލާ އެ ސަރަހައްދަށް ވަރަށް ބޮޑު ޒީނަތްތެރި ކަމެއް ގެނެސް ދިނެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި އެ ތަން ނުބެލެހެއްޓި ވަނީ ހަލާކުވެގެން ގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.