މާލޭގައި ކުލަގަދަކޮށް ކުޑަ އީދު ފާހަގަ ކުރަނީ

ކުޑަ އީދުގެ ފުރަތަމަ ހަރަކާތަކީ ކުލަ ޖެހުމުގެ ހަރަކާތެކެެވެ. އެ ހަރަކާތް އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:30 ގައި ރަސްފަންނު ގައެވެ.

މިދިޔަ އަހަރުގެ އީދަށް މާލެ ސިޓީ ތައްޔާރުކޮށްފައި: މި އަހަރު ކުޑަ އީދު ވެސް ކުލަ ގަދަކޮށް ފާހަގަ ކުރާނެ -- މި

މި އަހަރުގެ ކުޑަ އީދު މާލެ ސިޓީގައި ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ވަނީ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ކުޑަ އީދުގެ ހަރަކާތްތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. މި އަހަރުގެ އީދު ފާހަގަ ކުރާނީ "މަގޭ އީދު" ނަމުގައެވެ. އެ ހަރަކާތްތައް ހިންގާނީ ސާދަ އެންޓަޓައިމަންޓްއާ ގުޅިގެންނެވެ.

ކުޑަ އީދުގެ ފުރަތަމަ ހަރަކާތަކީ ކުލަ ޖެހުމުގެ ހަރަކާތެކެެވެ. އެ ހަރަކާތް އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:30 ގައި ރަސްފަންނު ގައެވެ. މީގެ އިތުރުން ހަވީރު މާލި ޕެރޭޑެއް އޮންނާނެ އެވެ. ބޮޑު މަސް ދުއްވުމުގެ ހަރަކާތް ވެސް އީދު ދުވަހުގެ ހަވީރު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މާލެ ސިޓީގެ މައި މަގު -- މަޖީދީމަގުގައި އެ ހަރަކާތްތައް ފެށޭނީ ހަވީރު 4:00 ގައެވެ.

ކައުންސިލުން ބުނި ގޮތުގައި އީދަށް ހާއްސަ ޝޯ އެއްވެސް ބާއްވަން ވަނީ ނިންމާފައެވެ. އީދު ދުވަހުގެ ރޭ އެ ޝޯ އޮންނާނީ އާޓިފިޝަލް ބީޗު ގައެވެ. މީގެ އިތުރުން ހަވާ އެރުވުމުން ވެސް އޮންނާނެ އެވެ.

ކުޑަ އީދަށް މާލެ ސިޓީ ކުލަ ބޮކިތަކާއި ޝިއާރުތަކުން ދިއްލާލަން ވެސް ވަނީ ނިންމާފައެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ. މިހާރު ވެސް އެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.