ޓޫރިޒަމް މިނިސްޓަރު ދައްޕަރުގައި، ރިއަލްއެސްޓު ޓޫރިޒަމަށް ފައްކާ ރަށެއް

ދައްޕަރަކީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ފައްކާ ކުރަން ރަނގަޅު ރަށެއް ކަމަށް ކުރީގެ ސަރުކާރުން ވެސް ބުނެފައިވެ އެވެ. އެކަމަކު އަމަލީ އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ.

މިނިސްޓަރު ފައިސަލް ދައްޕަރު ބައްލަވައި ލައްވަނީ

ހދ. ދައްޕަރަކީ ރީތި ބޮޑު ފަޅެއް އޮތް ރަށެކެވެ. އެހެންވެ އެ ރަށުގައި ޓޫރިޒަމްގެ އާ ކޮންސެޕްޓެއްގެ ރިސޯޓެއް ގެނެވިދާނެ ކަމަށް ކުރިއްސުރެން ފެށިގެން ވާހަކަ ދެއްކެވެއެވެ. މި ރަށުގައި ރިއަލްއެސްޓޭޓް ޓޫރިޒަމް ދައްކާ ކުރަން ރަނގަޅު ރަށެއްގެ ގޮތުގައި ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އެކަމަކު އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތެވެ. 

މިހާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ މި ރަށަށް ވަޑައިގެން މި ރަށް ބައްލަވާލައްވާފަ އެވެ. ބައްލަވާލެއްވުމަށްފަހު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި ދައްޕަރަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ފުރުސަތު އޮތް ރަށެކެވެ. 

ހއ. ފިއްލަދޫއާ ގުޅިފައި އޮތް ދައްޕަރަކީ މިހާރު ފިއްލަދޫގެ އިހްތިސޯދުގައި އޮތް ރަށެކެވެ. މި ރަށް ފިއްލަދޫގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ސަރުކާރުންނެވެ. 

ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ކުއްޔަށް ދޭން ނިންމާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެކަމުގެ އެއްވެސް އަމަލި މަސައްކަތެއް ނުކުރެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.