ވީއައިއޭ ނިމޭތީ، ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސޯދުގެ ދުވެލި މަތިކޮށްފި

ވޯލްޑް ބޭންކުން މިދިޔަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުންނާނެ ކަމަށް އަންދާޒާ ކުރީ 4.0 ޕަސެންޓުގަ އެވެ. އެކަމަކު މި އަހަރު އެ އަދަދު ވަނީ 4.7 ޕަސެންޓަށް މައްޗަށް ޖައްސާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަންނަ އަހަރު ނިމޭނެ ކަމަށް ބެލެވޭތީ ރާއްޖޭގެ ރިއަލް ޖީޑީޕީ ވޯލްޑް ބޭންކުން 5.2 ޕަސެންޓަށް އުފުލާލައިފި އެވެ.

ވޯލްޑް ބޭންކުން ދެކުނު އޭޝިއާގެ އިގްތިސޯދުތަކުގެ ދުވެލި މި އަހަރު ހުންނާނެ ގޮތުގެ އަންދާޒާގެ މައްޗަށް ނެރުނު ދެކުނު އޭޝިއާ ގައުމުތަކުގެ ޑިވްލޮޕްމަންޓް އަޕްޑޭޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 4.7 ޕަސެންޓަށް އުފުލޭނެ އެވެ. މިއީ މިދިޔަ އަހަރު އިގްތިސޯދުގެ ދުވެލި ހުރި 4.0 ޕަސެންޓަށްވުރެ 0.7 ޕަސެންޓުގެ އިތުރުވުމެކެވެ. އެކަމަކު މިއީ ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ދަށް އަދަދެކެވެ. 

ރިއަލް ޖީޑީޕީ ދަށްވީ ކީއްވެ؟

މި އަހަރު ކުރިން އަންދާޒާ ކުރި ވަރަށްވުރެ އިގްތިސޯދުގެ ދުވެލި ދައްވާނެ ކަމަށް ބެލެވޭ ސަބަބެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވަ ނީ ރާއްޖޭގެ ޓޫރިޒަމް މާކެޓަށް އައިސްފައިވާ ބަދަލެކެވެ. އެއީ ރާއްޖޭގެ ހައި އެންޑް ރިސޯޓުތަކަށް ވުރެ ރާއްޖޭގެ ލޯ ކޮސްޓް އަގު ހެޔޮ ބަޖެޓު ގެސްޓްހައުސްތަކުގެ ޑިމާންޑް މިވަގުތު މަތިވެފައި ވުމެވެ.

ވޯލްޑް ބޭންކުން އަންދާޒާ ކުރާ ގޮތުގައި މި އަހަރު އިގްތިސޯދުގެ ދުވެލި 4.7 ޕަސެންޓުގައި ހުރި ނަމަވެސް އަންނަ އަހަރު މި އަދަދު 5.2 ޕަސެންޓަށް އުފުލިގެން ދާނެ އެވެ. މީގެ ސަބަބަކީ ސަރުކާރުން މިހާރު އެންމެ އަހަމިއްޔަތުކަން ދޭ ވީއައިއޭ ނިންމުން ހަލުއި ވެފައި ވުމާއެކު އަންނަ އަހަރު އެއާޕޯޓް ނިމޭނެ ކަމަށް ބެލެވުމެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގފެ ހާއްސަ އިސް ނެންގެވުމެއްގެ ދަށުން ސަރުކާރުން ވަނީ ވީއައިއޭގެ މަސައްކަތް މި އަހަރު ނިންމާ ބައެއް ނަމަވެސް އޮޕަރޭޝަނަށް ގެންނަން މަސައްކަތް ފަށާފަ އެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ވަނީ މިކަން ކުރަން ވީއައިއޭ މަސައްކަތް 24 ގަޑިއިރު ހުއްޓުމެއް ނެތި ކުރިއަށްދާ ގޮތަށް ބަދަލު ވެސް ގެނެސްފަ އެވެ.

ވީއައިއޭގެ މަސައްކަތް ރައީސް މުއިއްޒު ބައްލަވާލައްވަނީ: އަމާޒަކީ އަންނަ އަހަރުގެ އޮކްޓޫބަރަށް މަސައްކަތް ނިންމުން -- މިރާ

ޖީޑީޕީ އެކުވާލަވާތާ ގޮތް

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިހާރު ހުރީ 106 ބިލިއަން ރުފިޔާގަ އެވެ. 

ޖީޑީޕީ އިތުރުވާ މިންވަރަކީ ގައުމެއްގެ އިގްތިސޯދީ ކުރިއެރުން ދެނެގަންނަން އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ އެއް އިންޑިކޭޓަރެވެ. ނުވަތަ މިންގަނޑެވެ. ޖީޑީޕީ ދެ ގޮތަކަށް ދައްކަ އެވެ. އެއް ގޮތަކީ "ނޮމިނަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ އެ އަހަރެއްގެ އަގުން ދެއްކުމެވެ. ދެވަނަ ގޮތަކީ "ރިއަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ ދާއިމީ އަގުން ދެއްކުމެވެ. ރާއްޖޭގައި ރިއަލް ޖީޑީޕީ މިހާރު އަންދާޒާ ކުރަނީ 2014 ވަނަ އަހަރުގެ ދާއިމީ އަގަށް ބަލައިގެންނެވެ. ރިއަލް ޖީޑީޕީ އެކުލަވައި ލެވެނީ މުދަލާއި ހިދުމަތުގެ އަގު ތަކަށް އަންނަ ބަދަލުތައް ނުހިމަނަ އެވެ. އެހެންވެ ގައުމެއްގެ އުފެއްދުންތެރިކަންކުރިއަރާ މިންވަރު ދެނެގަނެވޭނީ ރިއަލް ޖީޑީޕީ އިންނެވެ. ނޮމިނަލް ޖީޑީޕީ އާއި ރިއަލް ޖީޑީޕީގެ ފަރަގަކީ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން އުފެއްދުންތެރިކަމަށް އަންނަ ބަދަލު ތަކެވެ. 

ރާއްޖޭގެ ޖީޑީޕީ ކުރިއެރި ނަމަވެސް ރާއްޖޭގެ ދަރަނީގެ މައްސަލަ މި ރިޕޯޓުގައިވެސް ވޯލްޑް ބޭންކުން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ކަރަންޓް އެކައުންޓް ޑެފިސިޓް، ގާތްގަނޑަކަށްޖީޑީޕީގެ 20 ޕަސެންޓުގައި ހުރުމާއި ރާއްޖޭގެ ޖުމްލަ ދަރަނި ދެ އަކުރުގެ އަދަދެއްގައި ހުރުމުން ދަރަނި އަދާކުރަން ކުރަން ޖެހޭ ހޭދަމަތިވެގެންދާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.