ގެއްލިގެން ހޯދަމުން ދިޔަ ޒީވާ ފެނެއްޖެ، ހާލު ރަގަޅު

ފުލުހުން ބުނީ މިއަދު 12:15 އެހާކަންހާއިރު ޒީވާ މާލެއިން ފެނިފައިވާ ކަމަށެވެ. ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

ގެއްލިގެން ހޯދަމުންދަމުން ދިޔަ ކުއްޖާ: މިއަދު ވަނީ ފެނިފައި

ހިޔާ އަވަށުން އިއްޔެ ރޭ ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 13 އަހަރުގެ އައިޝަތު ޒީވާ ސައީދު ފެނެއްޖެ އެވެ.

އުމުރުން 13 އަހަރުގެ މި ކުއްޖާ ދިރިއުޅެނީ ހިޔާގެ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގަ އެވެ. އާއިލާއަށް ހަބަރެއް ނުވެގެން ރިޕޯޓް ކުރީ އިއްޔެ ރޭ 7:45 އެހައިކަންހާއިރު އެވެ. އެ ރިޕޯޓާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް މިއަދު ވަނީ ފެނިފަ އެވެ.

ފުލުހުން ބުނީ މިއަދު 12:15 އެހާކަންހާއިރު ޒީވާ މާލެއިން ފެނިފައިވާ ކަމަށެވެ. ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

ގެއްލުމުގެ ކުރިން ޒީވާ އެންމެ ފަހުން ފެނިފައި ވަނީ އާދީއްތަ ދުވަހު އިރުއޮއްސުނު ވަގުތު އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭގެ ފަހުން ވީނުވީއެއް ނޭންގި ގެއްލުނީ އެވެ. 

އާއިލާއަށް ހަބަރެއް ނުވެގެން ކުޑަކުދީން ގެއްލިގެން ފުލުހަށް ރިޕޯޓް ކުރާ ނިސްބަތް ވަނީ އިތުރުވަމުންނެވެ. ބައެއް ފަހަރު ދިހަ، ބާރަ ދުވަސް ވަންދެން އާއިލާއަށް ހަބަރެއް ނުވެ ކުދީން ފިލައިގެން އުޅެ އެވެ. އެ ފަދަ ރިޕޯޓްތައް ފުލުހަށް ލިބި ފޮޓޯއާ ވަނަވަނަ އާންމު ކުރުމުން އާއިލާއަށް ހަބަރު ވެ އެވެ. ނަމަވެސް އެ ކުދީން އާއިލާއަށް ފިލާ / ގެއްލޭ ސަބަބެއް ސާފެއް ނުކޮށްދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.