އަހަރުގެ ފުރަތަމަ ތިން މަހުން ދަރަންޏަށް 871 މިލިއަން ދައްކައިފި

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އަމިއްލަ ކުންފުނި ތަކަށް ދޭން ހުރި ފައިސާ ނުވަ ބިލިއަން ރުފިޔާ އަށް އަރާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީން ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އަހަރުގެ ފުރަތަމަ ތިން މަހު ދަރަންޏަށް 871 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި --

މިއަހަރުގެ ފުރަތަމަ ތިން މަހު ލޯން ރީޕޭމެންޓްގެ ގޮތުގައި 871 މިލިއަން ރުފިޔާ ދައްކައިފި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އަމިއްލަ ކުންފުނި ތަކަށް ދޭން ހުރި ފައިސާ ނުވަ ބިލިއަން ރުފިޔާ އަށް އަރާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީން ވިދާޅުވެފަ އެވެ.

މަޖިލީސް އިންތިހާބާ ދިމާކޮށް ޕީޕީއެމް / ޕީއެންސީން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެފައި ވަނީ ވޭތުވެދިޔަ ތިން މަހު ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ދަރަނި ދައްކަން 871 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މި ސަރުކާރަށް ވާރުތަވެފައި އޮތީ ބޮޑު ބުރައެއްކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވެރިކަމާ ހަވާލުވެ 2019 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު ލޯން ރީޕޭމަންޓަށް ދެއްކީ 318 މިލިއަން ރުފިޔާ ކަމަށެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް އެ މުއްދަތުގައި ހަރަދުކޮށްފައި ވަނީ 494 މިލިއަން ރުފިޔާ ކަމަށެވެ.

"އެހެންވީމަ މި ތަފާތުތަކަށް ބަލާލާއިރުގަ ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ ކޮބައިކަން މިކަންކަން ހިނގަމުންދާ ގޮތަކީ ހަގީގަތުގަ،" ހީނާ ވިދާޅުވި އެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އިގްތިސޯދީ ހާލަތު ގޯސްކަމުން ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓްތައް ވަނީ ހުއްޓިފަ އެވެ. އެ ޕްރޮޖެކްޓްތައް ހިންގާނެ ފައިސާ ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.