ބައްސާމް މައްސަލައިގެ ތަހުގީގެއް ފަށައިފި

އެމްއެމްޕީއާރުސީގެ ބަޔާނެއްގައި، ބުނެފައިވާ ގޮތުގައި އެ ކުންފުންޏާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލައެއް ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައެއް ނެތެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް

އެމްއެމްޕިއާރްސީގެ އަންހެން މުވައްޒަފުންތަކަކަށް އެތަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމުން އޭނާގެ މައްސަލަ އިންވެސްޓިގޭޝަނަށް ގެންގޮސް ތަހުގީގެއް ފަށައިި އޭނާ ސަސްޕެންޑް ކޮށްފި އެވެ.

ސަރުކާރުގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި އޭނާއަށް ތުހުމަތުކޮށް މައްސަލަ ފެންމަތި ވުމާއެކު މައްސަލަ އިންވެސްޓިގޭޝަނަށް ލާފައިވާ ކަމަށެވެ. 

ތުހުމަތުތައް އޮތް ގޮތުން އޭނާ ވަނީ އެމްއެމްޕީއާރްސީގެ ބައެއް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފަ އެވެ. އެގޮތުން މި އަހަރު ޖަރުމަނުގައި އޮތް އައިޓީބީ ބާލިން ފެއާގައި ޖިންސީ ނިޔަތް އޮވެގެން މުވައްޒަފެއް ގަޔަށް އަތްލައި އެ ނިޔަތުގައި ބައެއް މުއައްޒަފުންނާ ވާހަކަ ދެއްކުމުގެ ތުހުމަތުތައް ކުރެ އެވެ. 

މި މައްސަލަ އިންވެސްޓިގޭޝަނަކަށް ގެންދިޔަ ނަމަވެސް އެމްއެމްޕީއާރުސީގެ ބަޔާނެއްގައި، ބުނެފައިވާ ގޮތުގައި އެ ކުންފުންޏާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލައެއް ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައެއް ނެތެވެ. އެކަމަކު އެކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ބަލަމުން ގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.