އުތުރުތިލަފަލުގެ އެގްރިޒޯނަކީ ވަރަށް ބިޔަ މަޝްރޫއެއް: ސައީދު

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ.

މިނިސްޓަރު މުހައްމަދު ސައީދު

ޗައިނާގެ ކުންފުންޏަކަށް ދީގެން އުތުރުތިލަފަޅުގައި ހިންގަން ނިންމާފައިވާ ދަނޑުވެރިކަމުގެ މަޝްރޫއު ވެގެން ދާނީ އާދަޔާހިލާފު ބޮޑު މަޝްރޫއަކަށް ކަމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅު ވެއްޖެ އެވެ.

ސައީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ދަނޑުވެރި އެ މަޝްރޫއުގެ އެއްބަސްވުން ބާތިލު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެ އެއީ ޗައިނާއިން އަސްކަރީ މަސައްކަތް ކުރާނެ ޕްރޮޖެކްޓެއް ކަމަށް ތުހުމަތުތައް ކުރެއްވުމުންނެވެ. 

ސައީދު ވިދާޅުވީ އުތުރުތިލަފަޅުގައި ތަރައްގީ ކުރާ އެގްރިކަލް ޒޯނަކީ ބޮޑު އަދި އާދަޔާހިލާފު ވުމުގެ އިތުރުން ޓެކްނޮލޮޖީން މުއްސަނަދިކަން ހިމެނޭ މަޝްރޫއެއް ކަމަށެވެ. އެމްޑީޕީއަށް ވެރިކަން ކުރަން ލިބޭ ކޮންމެ ފަހަރަކު ކުރާނެ ކަމަކީ ގައުމު ބަންގުރޫޓް ކޮށްލުން ކަމަށެވެ.

"ވެރިކަންކުރަން ފަސް އަހަރު ސްޕަމެޖޯރިޓީއާއެކު ލިބުނު. އާހިރު ނަތީޖާއަކީ ގައުމު ބަނގުރޫޓް ކޮށްލުން!." ސައީދު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 29 ގަ އެވެ. އުތުރު ތިލަފަޅުގެ އެގްރި ޒޯންގައި ފުޑް ސެކިއުރިޓީ އިތުރުކުރަން މަސައްކަތް ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.