ހިޔާ އަވަށުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖާ

ހިޔާ އަވަށުން ކުއްޖަކު ގެއްލިގެން ހޯދަން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނީ ރ. އިނގުރައިދޫ، ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު، އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އުމުރުން 13 އަހަރުގެ މި ކުއްޖާ ދިރިއުޅެނީ ހިޔާގެ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގަ އެވެ.

އާއިލާއަށް ހަބަރެއް ނުވެގެން ރިޕޯޓް ކުރީ އިއްޔެ ރޭ 7:45 އެހައިކަންހާއިރު އެވެ. އެ ރިޕޯޓާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަަށް ބުންޏެވެ.

ޒީވާގެ ފޮޓޯއާ ވަނަވަރު އާންމުކޮށް ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.

އާއިލާއަށް ހަބަރެއް ނުވެގެން ކުޑަކުދީން ގެއްލިގެން ފުލުހަށް ރިޕޯޓް ކުރާ ނިސްބަތް ވަނީ އިތުރުވަމުންނެވެ. ބައެއް ފަހަރު ދިހަ، ބާރަ ދުވަސް ވަންދެން އާއިލާއަށް ހަބަރެއް ނުވެ ކުދީން ފިލައިގެން އުޅެ އެވެ. އެ ފަދަ ރިޕޯޓްތައް ފުލުހަށް ލިބި ފޮޓޯއާ ވަނަވަނަ އާންމު ކުރުމުން އާއިލާއަށް ހަބަރު ވެ އެވެ. ނަމަވެސް އެ ކުދީން އާއިލާއަށް ފިލާ / ގެއްލޭ ސަބަބެއް ސާފެއް ނުކޮށްދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.