ޕީއެންސީއަށް ވާގިވެރިވުން ވާނީ ބޮޑު ހަލާކަކަށް: ޖަމީލް

ޖަމީލް ވިދާޅުވީ ހަގީގަތް އޮޅުވާލަން މިވަރަށް ބިރު ނުގަންނަ ބަޔަކަށް މަޖިލިސް ނުވަތަ އެހެން އިތުރު ބާރެއް ލިބުން ވާނީ ޕީއެންސީގެ ބޮޑާ ކަމަށް އިތުރުކުރެވޭ ހަކަތަޔަކަށް ކަމަށެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި ރެލީއެއް ގައި ޖަމީލް ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީނަށް ނުބެއްހެއްޓި ވަފާތެރި ކަމެއް މި ސަރުކާރުގެ ވެރީން އެއްވެސް ރައްޔިތަކަށް ނުބާއްވާނެ ކަމަށާ ސަރުކާރަށް ވާގިވެރިވުން ވާނީ ބޮޑު ހަލާކަކަށް ކަމަށް ކުރީގެ ނާއިބު ރައީސް / ރައީސް ޔާމީން އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައެވެ. ރައީސް ޔާމީން ގެންދަވަނީ ސަރުކާރާއި ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕަށް އެކި ކަހަލަ ތުހުމަތުތައް ކުރައްވަމުންނެވެ. ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެ އެވެ. އެ ދެ ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ވެސް މިހާރު ވަނީ ކުރީން އޮތް ފަރުދާ ކަހާލައްވާ ވަރަށް ފާޅުގައި ރައީސް ޔާމީނަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ.

ޖަމީލް ވިދާޅުވީ ޕީޕީއެމް / ޕީއެންސީގެ ވެރީން ބޭނުންވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ވެރިކަމަށް އަންނަން ކަމަށާ އެ ވާހަކަފުޅު ރޭ ރައީސް ޔާމީން ވެސް ވިދާޅުވެއްޖެ ކަމަށެވެ.

"މިއީ އޭރު ވެސް ތެދު ގަބޫލު ކުރާ އަދި މިއަދުވެ ސް ނަޒާހަތްތެރި ވަޒީފާގެ ބިރު ނެތް ނުވަތަ ވަޒީފާގެ އުއްމީދުގައި ނެތް ކޮން މެމްބަރަކު ދައްކަމުން ދިޔަ ވާހަކައެއް. ޕީޕީއެމްތެރޭ ގައި ތިބި އަބްދުއްރަހީމު މެން ފަދަ އަދި ޑރ. މުއިއްޒު ފަދަ ބޭފުޅުން މަސައްކަތް ކުރަމުން ދިޔަ ގޮތްކަން. މިކަން އިތުރަށް މިއަދު ކަށަވަރު ވަނީ މިބޭބޭފުޅުންގެ ބަސްމަގު މިއަދު ބަދަލުވެގެން ދިޔަ މިންވަރުން،"

ޖަމީލް ވިދާޅުވީ ހަގީގަތް އޮޅުވާލަން މިވަރަށް ބިރު ނުގަންނަ ބަޔަކަށް މަޖިލިސް ނުވަތަ އެހެން އިތުރު ބާރެއް ލިބުން ވާނީ ޕީއެންސީގެ ބޮޑާ ކަމަށް އިތުރުކުރެވޭ ހަކަތަޔަކަށް ކަމަށެވެ.

"އެ ހުސްގޮނޑި އެއީ ހްމްދު ސަނާޔަށް ފަހު ފުރަތަމަ މުހާތަބު ކުރެވޭ ފަރާތް ނޫންތޯ. ރަސްމީ ޓިކެޓް އެރުވީ ރައީސް ޔާމީނަށް މުޅި ރާއްޖެއިން ޕީޕޕއެމްގެ މެމްބަރުން އައިސްގެން ނޫންތޯ. މެނިފެސްޓޯ އަކީ ރައީސް ޔާމީނުގެ މެނިފެސްޓޯ ނޫންތޯ. ދިވެހިންގެ ރާއްޖޭގެ ޝިއާރަކީ ރައީސް ޔާމީނުގެ ޝިއާރު ނޫންތޯ. މި ހަގީގަތްތައް ނިކުމެ މިއަދު ދޮގު ކުރާ ބަޔަކަށް ވާގިވެރިވުން ވެގެން ދާނީ ބޮޑު ހަލާކަކަށް. ރައީސް ޔާމީނަށް މި މީހުން ނެތް ވަފާތެރި ކަމެއް އެއްވެސް ރައްޔިތަކަށް ނުބާއްވާނެ،" ޖަމީލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.