އިޒްރޭލަށް ދަތިކުރަން ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފި

އިޒްރޭލަށް ދަތިކުރަން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށައެޅި ގަރާރު ފާސްކޮށްފައި ވަނީ 41 މެމްބަރުންގެ ވޯޓާއެކު އެވެ.

މިދިޔަ ބުދަ ދުވަހުގެ މަޖިލީސް ޖަލްސާގައި އިޒްރޭލާ ދެކޮޅަށް މަޖިލީހުގެ ބައެއް މެމްބަރުން އިހުތިޖާޖު ކުރައްވަނީ --

އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، އިޒްރޭލަށް ދަތިކުރުމުގެ ގޮތުން އެ ގައުމުން އެކްސްޕޯޓްކުރާ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުން ހުއްޓުވައި، އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ހަމާސްގެ މުޖާހިދުންނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގައި 32،000 އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެ އެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާގެ އެކި ތަންތަނަށް ބޮންއަޅައި މުޅީން ވަނީ ސުންނާފަތި ކޮށްލާފައެވެ.

އެކަން ކުށްވެރިކޮށް އިޒްރޭލަށް ދަތިކުރަން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށައެޅި ގަރާރު ފާސްކޮށްފައި ވަނީ 41 މެމްބަރުންގެ ވޯޓާއެކު އެވެ.

ސައުދު ހުށަހެޅުއްވި ގަރާރުގައި ގޮވާލައްވާފައި ވަނީ ވަނީ، އިސްރޭލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމާއި، އިޒްރޭލުގައި އުފައްދާ އަދި އެގައުމުން އެކްސްޕޯޓް ކުރާ ހުރިހާ ބާވަތެއްގެ މުދަލެއް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށެވެ.

އަދި، އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމާއި އަދި އިޒްރޭލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފައިވާ މެދުއިރުމަތީގައި ސު؛ލްހަ ގާއިމްކުރެވެންދެން މި ފިޔަވަޅު ދެމެހެއްޓުމަށް ވެސް ގޮވާލައްވާފައިވެ އެވެ.

ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓް މަނާވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ކުރީން ވަނީ އިސްލާހެއް ވެސް ހުށައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.