ދައުރުގެ ބާކީ އޮތް މުއްދަތުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި

"އެހެންކަމުން، އޭޕްރީލް 2024 އިން ފެށިގެން މިދައުރުގެ ބާކީ އޮތް މުއްދަތަށް އަޅުގަނޑަށް ރައްޔިތުންގެ މަޖިލީސްގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ދަންނަވަމެވެ." ނަޝީދުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

ކުރީގެ ރައީސް އަދި މިހާރު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީސް ޖަލްސާއެއްގައި: ވަގުތީ ގޮތުން ދިރިއުޅުއްވުން ވަނީ ގާނާއަށް ބަދަލުކުރައްވާފައި --

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީގެ މަގާމު ފުރުއްވަން ގާނާގައި އުޅުއްވަން ޖެހިވަޑައިގެންފައި ވާތީ މި މަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި މެމްބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށްދެއްވަން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ނަޝީދު އިއްޔެ ފޮނުއްވި ސިޓީއެއްގައި ބަޔާންކުރައްވާފައި ވަނީ މިވަގުތު އެމަނިކުފާނު ހުންނެވީ ސީވީއެފްގެ ފުރަތަމަ ސެކްރެޓަރީގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކެއް ކުރުމަށް ގާނާގައި ކަމަށެވެ. 

ނަމަވެސް އެއިން ކޮންމެ ކަމެއް ރަސްމީކޮށް ކުރުމަށް ވަގުތުތަކެއް ނަގާ ކަމަށާއި، އެ މަސައްކަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމުގެ ގޮތުން މިދިޔަ މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފްގެ ސެކްރެޓޭރިއަޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެންމެހާ ކަންކަން އަވަހަށް ހަމަޖެހިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެހެންކަމުން، އޭޕްރީލް 2024 އިން ފެށިގެން މިދައުރުގެ ބާކީ އޮތް މުއްދަތަށް އަޅުގަނޑަށް ރައްޔިތުންގެ މަޖިލީސްގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ދަންނަވަމެވެ." ނަޝީދުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

ނަޝީދު އެގޮތަށް އެދިވަޑައިގެންނެވިއިރު، މި ދައުރު މި މަހު ނިމޭނެ އެވެ. މިމަހުގެ 21 ވަނަ ދުވަހު މަޖިލީސް އިންތިހާބު އޮންނާނެ އެވެ. އެ އިންތިހާބުގައި ވާދަނުކުރައްވަން ނަޝީދު ވަނީ ނިންމަވާފަ އެވެ. 

މި ސަރުކާރު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން ނަޝީދު ވަނީ ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފަ އެވެ. ގާނާއަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެމަނިކުފާނު އުޅުއްވީ ރާއްޖޭން ބޭރުގަ އެވެ. މަޖިލީސް ޖަލްސާތަކަށް ވަޑައިނުގަންނަވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.