35 އަހަރުން މަތީ މީހުނަށް މެޑިކަލް ޗެކްއަޕް ތައާރަފްކޮށްފި

އަދި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެޓްތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އެ ކުންފުނިން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އާސަންދައިގެ ހިދުމަތް ދޭ ތަނެއް: 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ވަނީ ތައާރަފްކޮށްފައި --

ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތް ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ޕެކޭޖްތައް ތައާރަފްކޮށްފި އެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެޓްތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އެ ކުންފުނިން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އާސަންދަ ކުންފުނިން ބުނީ އަލަށް ފަށައިގަތް އިރު ތައާރަފްކުރި މެޑިކަލް ޕެކޭޖް ތަންފީޒު ކުރުމަށް ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާގެ ޕެކޭޖަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން، އުމުރުން 19 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

"1 އޭޕްރީލުން ފެށިގެން އިތުރު ކުރެވޭ އުމުރުފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުންް 40 އަހަރުން މަތީގެ އަމުރުފުރާތަކަށް ހާއްސަކޮށްގެން، ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓްތައް އެކުލެވޭ ޕެކޭޖެއް،" އާސަންދަ އިން ބުންޏެވެ.

އެކުންފުނިން ބުނީ، ކެންސަރު ސްކްރީނިން ޓެސްޓްތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓްތައް ފިޔަވައި އެހެން ޓެސްޓްތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެދޭނެ ކަމަށެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓްތައް ވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ ސްކީމްގެ ތެރެއިން އިންތިޒާމްތައް ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.

މި ސްކީމުގެ ދަށުން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނީ ސަރުކާރު ހޮސްޕިޓަލްތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.