އާންމުންނަށް އިތުރު ލުޔެއް؛ ޓަނަކަށް ނަގާ 750ރ، 500ރ އަށް ކުޑަ ކުރަނީ

ކުނި އުކާލުމަށް ބޮޑު ހަރަދެއް ކުރަން ޖެހުމަކީ އާންމުންގެ ވަރަށް ބޮޑު ޝަކުވާއަކާއި ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

ވެމްކޯގެ މުވައްޒަފަކު ކުނި ނަގަނީ -- މި

ވެމްކޯ ޓްރާސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަ ކުރުމުގެ މަސައްކަތުގެ ދަށުން އާންމުންގެ ކުނި އުކާލުމުގެ އަގު އިތުރަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.

ކެމްޕެއިން ހަރަކާތެއް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ލުއި ފަސޭހަ ހޯދާ ދިނުން ކަމަށެވެ. ހާއްސަކޮށް އެކި ކަންކަމަށް ރައްޔިތުން ކުރަން ޖެހޭ ހޭދަ ކުޑަކުރުން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކުނި އުކާލުމަށް ބޮޑު ހަރަދެއް ކުރަން ޖެހުމަކީ އާންމުންގެ ވަރަށް ބޮޑު ޝަކުވާއަކާއި ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ. މިހާރު ރޭޓުން ކުނި އުކާލަން ޓަނަކަށް 750 ރުފިޔާ ހަރަދު ކުރަން ޖެހޭ ޖެހުމަކީ ބޮޑު އަދަދެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން އެ އަގު ކުޑަ ކުރުމަށް ވެމްކޯގެ ވެރީންނާއި ކަމާގުޅޭ މިނިސްޓްރީގެ އިސް ވެރީންނާއި މަޝްވަރާކޮށް ނިންމުންތަކެއް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޓަނަކަށް މިނަގާ 750 ރުފިޔާ 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށް ދޭނަން،"

ރައީސް ވިދާޅުވީ އެ ނިންމުން ވެމްކޯ އިން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. މާލެ ސަރަހައްދުގައި އުފެދޭ ކުންފުނި އުކާލުމަށް ޓްރާސްފާ ސްޓޭޝަންތަކުގެ ކުރީން ނަގަމުން އައީ ޓަނަކަށް 1،060 ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.