ޝިފާން ވިދާޅުވި ގޮތުގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރު ކޮށްފައެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ފުލުހުން މީހާގެ ހާލު ރަނގަޅު ކަމަށެވެ.
ބްރިޖާއި ހައިވޭ ގުޅޭ ހިސާބުގައި މި އެކްސިޑެންޓް ހިނގީ ކާރުގެ ކޮންޓްރޯލް ގެއްލިގެން ކަމަށް އެނގިފައިވެ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ އާާންމުވެފައެވެ.
ވީޑިއޯގައި ފެންނަ ގޮތުން ހައިވޭގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުސް މީހާގެ ގައިގައި ކާރުން ޖެހި އޭނާ ވެއްޓެ އެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރު ކޮށްފައެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ފުލުހުން މީހާގެ ހާލު ރަނގަޅު ކަމަށެވެ.
މައްސަލަ ތަހުގީގު ކުރަމުން ދަނީ ގަސްތުގައި ޖައްސާ އެކްސިޑެންޓްކޮށްލި ހާދިސާއެއްގެ ގޮތުގައި ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެ އެވެ.