މަސްތުގެ ވަބާއިން ދުރުކުރަން ސަރުކާރުން ގެންގުޅޭނީ ދީނުގެ ހަމަތަކާ އެއްގޮތް ސިޔާސަތެއް: ރައީސް

"ކޮމިއުނިޓީ ބޭސް ރިހިބިލިޓޭޝަން އަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެންމެ މުހިންމު ހައްލު. އެންމެ މުހިންމު މަގު މިކަމުގައި ކުރިއަށްދާން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --

މަސްތުގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތަކީ އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތް ސިޔާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު މައްސަލަ އަކީ މަސްތުވާތަކެތީފެ މައްސަލަ ކަމަށާ އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބި އެތައް އަހަރެއްވެ މައްސަލަ އިތުރަށް ބޮޑުވެ ނުރައްކާވެފައިވާ ކަމަށެވެ.

އެމަނިކުފާނުގެ މެނިފެސްޓޯ ގައި އެ މައްސަލަ ހައްލު ކުރެއްވުމަށް ވަރަށް ބޮޑު ފޯކަސް އެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އަނބުރާ މުޖްތަމައުއަށް ގެނައުމަށް އޮތް އެންމެ މުހިންމު ހައްލަކީ ކޮމިއުނިޓީ ބޭސް ރިހިބިލިޓޭޝަން ކަމަށާ އެ މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ކެބިނެޓްގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮމިއުނިޓީ ބޭސް ރިހިބިލިޓޭޝަން އަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެންމެ މުހިންމު ހައްލު. އެންމެ މުހިންމު މަގު މިކަމުގައި ކުރިއަށްދާން،"

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަރުވާގެ ރަނގަޅު ފެންވަރުގެ މަރުކަޒުތައް ގާއިމު ކުރުން ކަމަށާ އެ މަސައްކަތަށް މަސައްކަތް ބާރު މިނުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ މަސްތުގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތަކީ އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތް ސިޔާތެއް ކަމަށެވެ. އަދި އެފަދަ މީހުންނަށް ތައުލީމާއި ތަރުބިއްޔަތުދީ ހެޔޮ ވިސްނައިދިނުމުގެ ސިޔާސަތު ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.