ބީއެމްއެލްއިން ބްލޮކް ސައިޓްތައް ހުޅުވާލައިފި، ޑިޖިޓަލް ވޮލެޓް މުއާމަލާތަށް ފުރުސަތު

ބީއެމްއެލް ސީއީއޯ ވިދާޅުވި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ކުދި ވިޔަފާރިތަކަށް ބޭރުން ލިބޭ ޑޮލަރަށް ބަރޯސާ ވާން ޖެހޭތީ އެވެ.

ބީއެމްއެލްގެ ކާޑަކުން މުއާމަލާތް ކުރަނީ

ބީއެމްއެލް އިން ބޭރުގެ ބައެއް ބޭރުގެ މާޗަންޓް ސައިޓްތައް ބްލޮކް ކުރީ ޑޮލަރުގެ ހާލަތު ދަތިވުމުންނެވެ. އެކަމަކު ބޭންކުން މިވަނީ އެ ފަހަރު ބްލޮކް ކުރި މާޗަންޓް ސައިޓްތައް ދޫކޮށްލައި ކަސްޓަމަރުންނަށް ޑިޖިޓަލް ވޮލެޓު މުއާމަލާތް ކުރެވޭ ގޮތް ހަދާފަ އެވެ. 

ބީއެމްއެލް އިން ބުނީ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، މުއާމަލާތް ކުރެވޭ ގޮތް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

ބޭންކުން ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާ ކޮށްދިނުން ހުއްޓާލާފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެންނެވެ. 

މިއީ ކޮން ބަދަލެއް؟ - ބޭންކުން މި ބަދަލު ގެނެސްފައި ވަނީ އެ ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ ކަންކަމުގައި ލުއިތަކެއް ދިނުމަށެވެ.

މި ބަދަލާއެކު ޑޮލަރު އެކައުންޓަށް ލިންކް ކޮށްފައިވާ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑާއި މާސްޓަކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުން ކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ލިބިގެނެވޭނެ އެވެ. މީގެ އިތުރުން  ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުން ވެސް މި މުއާމަލާތް ހިންގަން މަގުފަހި ވެގެންދާނެ އެވެ. 

ބީއެމްއެލްގެ ސީއީއޯ ސީއީއޯ ކާލް ސްޓުމްކަ ބުނީ މިއީ ފްރީލާންސްކޮށް މަސައްކަތް ކުރާ ވަކިވަކި ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެ އިން ބޭރުން ލިބޭ ފައިސާ އަށް ބަރޯސާވާން ޖެހޭތީ ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި މިއީ ބޭންކުގެ ޕޭމަންޓް ހިދުމަތުން ކަސްޓަމަރުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.