އައްޑޫ ބްރިޖްގެ ސާވޭ ނިމިއްޖެ، ދެން ދާނީ މަސައްކަތަށް: ރައިސް

އެމަނިކުފާނު ވިދާޅުވީ އައްޑޫ ބުރިޖަކީ އިދިކޮޅުން ސިފަކުރާ ގޮތަށް ތިރީހަކަށް މީހުން ސައިކަލު ދުއްވައިލަން އަޅާ ބުރިޖެއް ނޫން ކަމަށާއި އެއީ އައްޑު އާއި ދެކުނުގެ ތަރައްގީ ބަދަލު ކޮށްލާނެ މަޝްރޫއެއް ކަމަށެވެ.

ކޭމްޕޭން ޖަލްސާއެއްގައި ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އައްޑޫ ހުޅުދޫއާއި ހިތަދޫ ގުޅުވައިދިނުމަށް އަޅާ އައްޑޫ ބުރިޖްގެ ސާވޭގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ބުރިޖުގެ މަސައްކަތް ފަށާނެ ކަމަށް ރައީސްޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ޝާހިދުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވީ އެންމެ ފަހުން އެމަނިކުފާނު ހުޅުދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ބުރިޖުގެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު ސާވޭގެ މަސައްކަތް ނިމި ކުރިއަށް ދަނީ އެ ސާވޭގެ ފަންނީ މަސައްކަތްތައް ކަމަށެވެ.

"ދެން އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތްކުރުމުގެ މަރުހަލާއަށް. އަަޅުގަނޑު ވައުދުވި ގޮތަށް 2024، މި އަހަރު ނިމުމުގެ ކުރިން އެ ބްރިޖުގެ މަސައްކަތް ފަށާނެ،" ރައީސް މުއިއްޒު ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވީ އައްޑޫ ބުރިޖާ ގުޅުވައިގެން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކީ ހުޅުމާލެ އާއި މާލެ ގުޅުވާލި ސިނަމާލެ ބުރިޖާ ގުޅޭ ގޮތުން ވެސް އޭރު އިދިކޮޅުގައި ތިބެ އެމްޑީޕީން ދެއްކި ޒާތުގެ ވާހަކަތަކެއް ކަމަށެވެ.

"މިކިޔަނީ ކުރީގައި މިތާނގައި [މާލެ ހުޅުމާލެ ދެމެދުގައި] ބުރިޖު އަޅަން ފެށިއިރު ކީ ގޮތަށް، މިއީ ވާނެކަމެއް ނޫނޭ، މިއީ ބޭކާރު ކަމެކޭ، މީގެ އިންޖިނިއަރިން ކޮބައިހޭ، ފައިސާއެއް ނުލިބޭނޭ. މިކަހަލަ ވާހަކަ ރައްޔިތުން ގަބޫލުނު ކުރެއްވުން އެދެން،" ރައީސް ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ އައްޑޫ ބުރިޖަކީ އިދިކޮޅުން ސިފަކުރާ ގޮތަށް ތިރީހަކަށް މީހުން ސައިކަލު ދުއްވައިލަން އަޅާ ބުރިޖެއް ނޫން ކަމަށާއި އެއީ އައްޑު އާއި ދެކުނުގެ ތަރައްގީ ބަދަލުކޮށްލާނެ މަޝްރޫއެއްކަމަށެވެ. 

"މިއީ މުޅި އައްޑޫ ސިޓީގެ ތަރައްގީ އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަން. މި ބުރިޖުގެ ސަބަބުން އައްޑޫ ސިޓީއަށް އަދި މުޅި ދެކުނަށް ލިބިގެންދާނީ ވަރަށް ބޮޑު ތަރައްޤީއެއް،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.