ލިސްޓްތަކުގައި ކެންޑިޑޭޓުން ސޮއި ކުރަން ފަށައިފި

މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް 21 ގަ އެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާ އިރު ފައިނަލް ވޯޓާސް ލިސްޓް އާންމުކުރީ މި މަހުގެ 22 ގަ އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓްތަކުގައި ސޮއި ކުރުން ކުރިޔަށް ދަނީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން ސޮއި ކުރަން ފަށައިފި އެވެ.

ލިސްޓްގައި ކެންޑިޑޭޓުގެ ބަދަލުގައި ސޮއި ކުރަނީ ކެންޑިޑޭޓު ކަނޑައަޅާ މީހެއް ނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ސޮއިކުރާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއި ކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ.

އަދި ރަޖިސްޓަރީގައި ސޮއި ކުރަން ދާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، ސޮއި ކުރަން ދާ އިރު ގެންދަން ޖެހޭނެ އެވެ. 

މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް 21 ގަ އެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާ އިރު ފައިނަލް ވޯޓާސް ލިސްޓް އާންމުކުރީ މި މަހުގެ 22 ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.