ޕާކިން އާއި ބެހޭ މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ "1516" އަށް ގުޅުމުން މައުލޫމާތު ސާފު ކޮށްދޭނެ އެވެ
އެއްގަމު އުޅަނދުތައް ޕާކް ކުރަން ހުޅުމާލޭގައި ހަދާފައިވާ "ފިތުރޯނު ސްމާޓު ޕާކިން ސިސްޓަމް" އިން ޕާކިން ޖާގަ ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީގެ އިއުލާނެއްގައި ބުނަނީ ފިތުރޯނު ޕާކިންއިން ތިން އަހަރުގެ މުއްދަތައް ޕާކިން ޖާގަ ކުއްޔަށް ދޭން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެ ތަނުން ދޫކުރާނީ 41 ޖާގަ ކަމަށާއި ޖާގަ ހޯދަން އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ފަށާނީ އޭޕްރިލް 24 ކަމަށެވެ. އަދި ބީލަން ފޯމާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
ޕާކިން އާއި ބެހޭ މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ "1516" އަށް ގުޅުމުން މައުލޫމާތު ސާފު ކޮށްދޭނެ އެވެ