ފަހު 10 އިގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ރައީސް އެދިވަޑައިގެންފި

ރޯދަ މަހުގެ ފަހު 10 އިގެ ދުވަސްތައް އަޅުކަމަށް ހާއްސަކޮށް ދޭން ދިވެހި ދައުލަތުގެ ސަރުކާރަކުން ނިންމި މިއީ ފުރަތަމަ ފަހަރެވެ.

ރޯދަ ފަހު 10 ބަންދު ކުރެއްވީ ރޭ އަޅުކަމާއި ހެޔޮ އަމަލުތަކަށް ފުރުސަތު ދޭން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް މިއަދު ޖަވާބު ދެއްވަން ފައްޓަވަމުން ރައީސް މުއިއްޒު ވަނީ
ރޯދަ މަހުގެ ފަހު 10 ގެ ދަރުމަ ދިވެހި ރައްޔިތުންނަށް ލިބުމަށް އެދިވަޑައިގެން ދުއާ ކުރައްވާފަ އެވެ. އެ މަނިކުފާނު ވަނީ ފަހު 10 އިގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، އަޅުކަން ގިނަ ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ރޯދަ މަހުގެ ފަހު 10 އިގެ ދުވަސްތަައް ސަރުކާރު ބަންދު ކުރަން ނިންމެވީ، ރޭ އަޅުކަމަށް ފުރުސަތު ދީ މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއި ކޮށްދޭން ވެގެން ކަމަށެވެ. މި ނިންމުމުގައި ފަހު 10 ގައި ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދޭން ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

ރޯދަ މަހުގެ ފަހު 10 އިގެ ދުވަސްތައް އަޅުކަމަށް ހާއްސަކޮށް ދޭން ދިވެހި ދައުލަތުގެ ސަރުކާރަކުން ނިންމި މިއީ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް އަޅާ ރޯދަ ހަދިޔާ ރައްޔިތުންނަށް ބެހި އިރު ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދީ ވަކި މިންވަރެއް މައާފްކޮށްދެއްވާނެކަންވެސް ނިންމި އެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.