ރައީސް ވިދާޅުވީ މިހާރު ވެސް ވަނީ ބައެއް ދާއިރާތަކުގެ މުސާރަ ބޮޑު ކޮށް ޕޭ ހާމަނައިޒް ކުރެވިފައި ކަމަށެވެ. އެގޮތުން ފުލުހުންނާއި ސިފައިނާއި އަދި އެހެން ބައެއް ދާއިރާތައް ހިމެނޭ ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދުގައި ބުންވަރު ޖެހޭ ވަރަކުން ހުރިހާ ދާއިރާއެއްގެ މުސާރަތައް ބޮޑުކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިޔަށް ގެންދާން "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި އާންމު މީހަކު މުސާރައާ ގުޅުވައި ރައީސް މުއިއްޒާ އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މިއަދު ވިދާޅުވީ އެ މަނިކުފާނު ވައުދުވެ ވަޑައިގެންފައި އޮންނާނީ ގައުމުގެ އިގްތިސޯދު ހަރުދަނާ ވަމުންދާ މިންވަރަކުން އަދި އާމްދަނީ ލިބޭ މިންވަރަކުން މުސާރަތައް ބޮޑު ކުރުމަށް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި އެވެ:
"އިގްތިސޯދުގައި ބުންވަރު ޖެހޭ މިންވަރަކުން މިދައުރު ތެރޭގައި ހުރިހާ ސެކްޓާއެއްގެ މުސާރަ ބޮޑު ކޮށްދޭނެ"
ރައީސް ވިދާޅުވީ މިހާރު ވަނީ ބައެއް ދާއިރާތަކުގެ މުސާރަ ބޮޑު ކޮށް ޕޭ ހާމަނައިޒް ކުރެވިފައި ކަމަށާއި އެގޮތުން ފުލުހުންނާއި ސިފައިނާއި އަދި އެހެން ބައެއް ދާއިރާތައް ހިމެނޭ ކަމަށެވެ.
"ކުރިޔަށް އޮތް ތާނގައި، މިދެންނެވި ފަދައިން ކުރިޔަށް ގެންދާނަން އެއީ އިގްތިސޯދު ހަރުދަނާވާ މިންވަރަކުން ކުރަން ނިންމާފައިވާ އޮތް ކަމެއް... އެ ވައުދު އަޅުގަނޑު ފުއްދާނަން"