ރިޒާވް ބައި ބިލިއަން ޑޮލަރު ފަހަނަ އަޅައި، 40 މިލިއަންގެ އިތުރުވުމެއް

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޔޫޒަބަލް ރިޒާވް ހުންނާނެ ކަމަށް ބެލެވެނީ 100 މިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް، ބައި ބިލިއަން ޑޮލަރަށްވުރެ އިތުރުވެ، ފެބްރުއަރީ މަހަށްވުރެ 40 މިލިއަން ޑޮލަރުގެ އިތުރު ވުމެއް އަތުވެއްޖެ އެވެ. 

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވް ވަނީ 588.8 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޒާވްގައި ހުރި 551.1 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ވަނީ އިތުރުވެފަ އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިޒާވްގައި ހުރި 795.8 މިލިއަން ޑޮލަރާ އަޅާބަލާއިރު 207 މިލިއަން ޑޮލަރުގެ ދަށް ވުމެކެވެ. 

ރިޒާވް އިތުރު ވެފައިވާއިރު މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީބިލެއް ލޯނެއް ދައްކާފަ އެވެ.  

ޔޫޒަބަލް 100 މިލިއަން ޑޮލަރަށްވުރެ ބޮޑު

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގެ ނަމްބަރު އެމްއެމްއޭއިން އާއްމު ކުރުން ހުއްޓާލާފަ އެވެ. މީގެ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ބޭރުގެ މާލީ އިދާރާތަކުން އެގޮތަށް ލަފާ ދެއްވުމެވެ. ބޭނުން ކުރެވޭ ރިޒާވް ހިސާބު ކުރަނީ ކުރު މުއްދަތުގެ ދަރަންޏާއި އިމްޕޯޓަށް ހަރަދުވާ އަދަދު ކެނޑުމަށްފަހު އެވެ. 

އެމްއެމްއޭން ބަޖެޓު ކޮމެޓީގައި ބުނެފައިވަނީ މި ކުއާޓަރުގައި ދަށްކަން ޖެހޭ ދަރަންޏެއް ނެތް ކަމަށާ އެހެންވެ ރިޒާވް އެއް މިންވަރެއްގައި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ގާތްގަނޑަކަށް ރިޒާވް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 100 މިލިއަން ޑޮލަރުން މަތީގަ އެވެ. މި އަދަދަކީ މިހާރު ހަރަދުތައް ހުރި ގޮތަށް ބަލާއިރު މިއީ ދެ މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.