ފެބްރުއަރީގައި މުދަލުގެ އަގު: އުފުލުނީ މޭވާ ދަށްވީ ތަރުކާރީ

ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ.

މާލެ މާރުކޭޓުގައި މީހަކު އެއްޗިހި ވިއްކަނީ : މިދިޔަ މަހު އަގުތައް އުފުލުނީ ތަރުކާރީގެ -- މުހައްމަދު ޔާމީން

މިދިޔަ ފެބްރުއަރީ މަހު މުދަލުގެ އަގު މޭވާގެ ބާވަތްތަކުގެ އުފުލުނު އިރު ތަރުކާރީގެ ބާވަތްތަކުން އަގު ދަަށްވެފައިވާ ކަމަށް ދައްކައިފި އެވެ. 

ތަފާސް ހިސާބުތައް ބަލަހައްޓާ ދައުލަތުގެ އިދާރާ ސްޓެޓިސްޓިކް ބިއުރޯ އިން އެއްކުރި މުދާ ޓުކުރީގައި ހުރި ތަކެތީގެ އަގުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ މައްޗަށް އަގު އުފުލިގެން ގޮސްފައި ވަނީ ތަރުކާރީ އެވެ. 

ތަރުކާރީގެ އަގުތައް ހުރީ +7.35 ޕަސެންޓުގަ އެވެ. އަދި ހިދުމަތުގެ ތެރޭން އެންމެ ބޮޑަށް ބޮޑުވެފައި ވަނީ ކަރަންޓުގެ އަގުތަކެވެ. ކަރަންޓުގެ އަގުތައް ވަނީ +3.92 ޕަސެންޓު އުފުލިފަ އެވެ. އަދި އެއްގަމު މަހުގެ އަގުތައް ވެސް ހުރީ +3.21 ޕަސެންޓުގަ އެވެ. 

ސްޓެޓިސްޓިކް ބިއުރޯގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައި އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވާ މޭވާގެ އަގުތައް ހުރީ -2.83 ޕަސެންޓުގަ އެވެ. އަދި ދެވަނައަށް އަގު ދަށަށް ދިޔަ ކިރާއި ކުކުޅު ބިމުގެ އަގުތައް ހުރީ -1.22 ޕަސެންޓުގަ އެވެ. އަދި ވައިގެ މަގުން ކުރާ ދަތުރުތަކުގެ އަގުތައް ހުރީ -1.60 ޕަސެންޓުގަ އެވެ. 

މުޅި ހުރިހާ ބައިތަކެއް އެއްކޮށް ބަލާއިރު ފެބްރުއަރީ މަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ކިޔާނަމަ ރާއްޖޭގައި އަގުތައް މައްޗަށް ގޮސްފައި ވަނީ 0.45 ޕަސެންޓަށެވެ. އެކަމަކު މި އަދަދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި މި އަހަރުގެ ފެބްރުއަރީ މަސް ވަކިން ބަލާނަމަ ތަފާތެވެ. މި މުއްދަތުގައި އަގުތައް ވަނީ  1.12 ޕަސެންޓަށް އުފުލިފަ އެވެ.  

ސީޕީއައި - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.