ކުޑަގޮޅި ދެކެ އެމްޑީޕީގެ ލީޑަޝިޕް ބިރެއް ނުގަންނާނެ: ސޯލިހު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ފުލުހަށް ގެންދިޔައީ އާރްޑީސީގެ ފައިސާ އެކުންފުނީގެ ވެރިންނާއި އެމީހުނާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްވި މައްސަލައިގެ ތުހުމަތުގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ހުޅުމާލޭގައި ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގައި ޖަލުގެ ކުޑަގޮޅި ދެކެ ބިރު ގަންނަ މީހުން ނުތިބޭނެ ކަމަށާއި ގޮޅިއަށް ލައިގެން އެމްޑީޕީ ނުހުއްޓުވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ ހުޅުމާލޭގައި ބޭއްވި އެ ޕާޓީގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެން ސޯލިހު ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ގޮތް ހުސްވެފައިވުން ކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭފުޅުންގެ ގައިގައި އަތްލާން ފެށުމަކީ ސިޔާސީ ގޮތުން ވެސް ސަރުކާރެއް ގޮތް ހުސްވުން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އެ އަމަލާމެދު ބިރުން އުޅޭ މީހަކު އެމްޑީޕީގެ ލީޑަޝިޕްގައި ނުތިބޭނެ ކަމަށާއި ކުޑަގޮޅި ނުދެކޭ މީހަކު އެމްޑީޕީގެ އިސް ސަފުގައި ނެތް ކަމަށެވެ. 

"އެއީ އަޅުގަނޑުމެން ހުއްޓުވަން ކުރާ ކަމެއް ކަމަށް ދެކޭ ކަމަށް ވާނަމަ، އަޅުގަނޑު ދަންނަވާނީ ސޮރީއޭ. ސޮރީއޭ، ސޮރީއޭ އެކަމެއް ނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

ފައްޔާޒަށް ފުލުހަށް ގެންދިޔައީ އާރްޑީސީއަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އެމީހުނާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގެ ތުހުމަތުގަ އެވެ. އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި ފައްޔާޒްއަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެ އެވެ. 

ކޮމެންޓް

1
450
އަސްލު މީހާ
4 weeks ago

ތިކަމެއް ނޭނގެ، މިހާތަނަށް ޖަލަށްލީ މީހުންގެ ތެރޭން ޑީލްހަދާފަ ބޭރަށް ދިޔައީ މުޅިންވެސް ތިޔަ ބުނާ ބައިގަނޑުގެ މީހުން. ޔާމީންމެން ފަދަ ބޭފުޅުން ސޯލިހުއާ ޑީލް ނުހަދައި ޖަލުހަ ފަސް އަހަރެއް ހޭދަކޮށްލީ. ބަލަ ކޮސް ނުގޮވާބަލަ. ނޭނގޭ ވާހަކަ ދައްކަން ހަދައިން އަމިއްލަ އަށް ފަހަރުވާ ލެވޭއިރު ވެސް ނޭނގެ. ނޭނގެންޏާ މޮޅު ވާހަކަ ނުދައްކާ މަޑުކޮށްލާބަލަ ފޯމާ ޕްރެޒިޑެންޓް އޮފީހުގަ.، ތިއީ މިހާރު ކުރީގެ ރައީސޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.