ފަހު 10ގައި ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

ރޯދަ މަހުގެ ފަހު 10ގެ ދުވަސްތަކުގައި ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ރައީސް މުއިއްޒު ކެބިނެޓްގެ ބައެއް މިނިސްޓަރުންނާ އެކު

ރޯދަ މަހުގެ ފަހު 10ގެ ދުވަސްތަކުގައި ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. 

ރައީސްގެ މި ނިންމެވުމުން ހާމަކޮށް ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާ އެއްް ނެރެފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް ކަމަށެވެ. އެ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިންވެސް ދެމުން ގެންދާ އުސޫލުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އިނާޔަތް ދޭން ވެސް ވަނީ އަންގާފައެވެ.

އިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށެވެ.

ފިނޭންސް އިން ބުނި ގޮތުގައި ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މި 10 ދުވަހަކީ ރަސްމީ ބަންދު ދުވަސްކަމެއް ގޮތުގައި ބަލައިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭނެ އެވެ.

މި އިނާޔަތް ޖަމާކޮށް ދެނީ އޭޕްރީލް މަހުގެ މުސާރައާއެކު އެވެ.

ރަމަޟާން މަހު ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ ޑިސެންބަރު 10 ވަނަ ދުވަހު އެވެ.

ރޯދަ މަހު ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރޯދަ މަހެއްގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް މުއިއްޒު ކަނޑައެޅުއްވީ އަޅުކަމުގައި އުޅުމުގެ ފުރުސަތު ހުރިހާ މުވައްޒިފުންނަށް ތަނަވަސް ކޮށް ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.