މަޖިލީސް އިންތިހާބަށް ކޮންގްރެސްގެ ތަރުޖަމާނަށް ހީނާ

އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަގާމު ގައި ވެސް ހުންނެވި ހީނާ އަކީ މީޑިއާތަކާއި ވަރަށް އެކުވެރި ބޭފުޅެކެވެ.

ހީނާ ވަލީދު

ކުރިއަށް އޮތް މަޖިލީސް އިންތިހާބަށަ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ތަރުޖަމާނަކަށް ހީނާ ވަލީދު ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ އިންތިހާބު ގައި ޕީއެންސީ / ޕީޕީއެމް ހިމެނޭ -- ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން 89 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. ނަމަވެސް ހުރިހާ ކެންޑިޑޭޓުން ވެސް ވާދަ ކުރަނީ ކޮންގްރެސްގެ ޓިކެޓް ގައެވެ.

ކޮންގްރެސް ޕާޓީން ރޭ ބުނީ ‏ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލު ކުރާ ޗީފް ސްޕޯކްސް ޕާސަން ކަމުގެ މަގާމަށް ހީނާ ވަލީދު އައްޔަނު ކޮށްފައިވާ ކަމަށެވެ.

ހީނާ އަކީ ޕީޕީއެމްގެ ވެސް ތަރުޖަމާނެކެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަގާމު ގައި ވެސް ހުންނެވި ހީނާ އަކީ މީޑިއާތަކާއި ވަރަށް އެކުވެރި ބޭފުޅެކެވެ. މައުލޫމާތު ދިނުމުގައި ހާމަކަން ބޮޑު / އެކަމުގައި ގިނަ ވަގުތު ހޭދަ ކުރައްވާ ބޭފުޅެކެވެ.

ރާއްޖޭގައި އުފެދުނު އެންމެ މަގުބޫލު ޓީވީ ހުށައެޅުންތެރީންގެ ތެރޭގައި ވެސް ހިމެނޭ ހީނާ ވަނީ ޕީޕީއެމް / ޕީއެންސީއަށް އެންމެ އުނދަގޫވި ވަގުތު ތަރުޖަމާންގެ ދައުރު ވަރަށް ފުރިހަމައަށް އަދާ ކުރައްވާ އެ ދެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.